މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,312 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ދުވާފަރު މަގުތައް ހަދައި ނިމެނީ
Business

ދުވާފަރު މަގުތައް ހަދައި ނިމެނީ

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި 17،790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް 26 މާރޗް 2022 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް […]

މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ފަށައިފި
Business

މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށައިފިއެވެ. މޯލްޑިވިއަންގެ ފްލައިޓާއެކު ރަތުނަލާނާ އެއާޕޯޓުގެ ބައިނަލްއަގޔވާމީ ދަތުރުތައް ވެސް ވަނީ އަލުން ފަށައިފައެވެ. އެ ފްލައިޓަށް މަރުހަބާ ކިޔާފައި ވަނީ ފެނުގެ ސެލިއުޓާއެކުގައެވެ. އިއްޔެ ރަތުމަލަނާ އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓަަށް މަރުހަބާ ވިދާޅުވީ ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ އިތުރުން ސްރީލަންކާ އާއި ރާއްޖޭގެ އިސް އޮފިޝަލުންނެވެ. ރަތުމަލާނަ އ...

ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ރިވެޓް...

ހަނިމާދޫއާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް އަލުން ފަށަނީ
Business

ހަނިމާދޫއާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް އަލުން ފަށަނީ

ހދ. ހަނިމާދުއާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ކުރަމުން އައި ދަތުރުތައް އަލުން ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ. އެ އެއާލައިނުން ބުނީ މި ދަތުރުތައް އަލުން ފަށާނީ އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދު ކުރަމުން އަންނަ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 310 ޑޮލަރު (4،780ރ.)އެވެ. މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން މިހާރުން ފެށިގެން ބުކިން ހެދޭނެއެވެ.

ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް، ހިދުމަތް މެދުކެނޑިއްޖެ
Business

ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް، ހިދުމަތް މެދުކެނޑިއްޖެ

ސްޓެލްކޯއަށް ރެންސަމްވެއާ އެޓޭކެއް ދިނުމުގެ ސަބަބުން އެ ކުންފުނިން ދެމުން އައި ހިދުމަތްތައް މެދުކެނޑިއްޖެއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރެންސަމްވެއަ އެޓޭކަކާއި ގުޅިގެން، ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑިފައިވާ ކަމަށެވެށެ. އެ އެޓޭކާއި ގުޅިގެން، ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް...

މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ނެރެފި
Business

މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ނެރެފި

މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފިއެވެ. އަންނަ ރޯދަ މަހާ ގުޅުވައިގެން ނެރުނު މި މަސްދަޅުތައް ފުރަތަމަ ފަހަރަށް އާއްމުންނަށް ދައްކާލީ މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއއޔާތުގައު އެ މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ. މިފްކޯއިން މިއަދު ބާޒާރަށް ނެރުނީ “ލުނބޮޔާ މިރުހާއެކު ކަނޑުމަސް ފެނުގައި” މަސް ދަޅާއި “ކަނޑުމަސް ބަނޑައިދޫ ޒައިތޫން ތެލުގައި” މަސް […]

ރައީސް ފުވައްމުލަކު މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި
Business

ރައީސް ފުވައްމުލަކު މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމްގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އެ މަނިކުފާނުގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިނ...

އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ
Business

އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެ

އައިޓީބީގެ ޑިޖިޓަލް ބިޒްނަސް ޑޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ. އައިޓީބީ ބާލިން އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު ޓްރޭޑް ޝޯއެވެ. މި އަހަރުގެ އައިޓީބީ ވާޗުއަލް އިވެންޓުގެ ބައްދަލުވުންތައް ބާއްވާފައިވަނީ ފަސޭހަ ނެޓްވޯކިން ޓޫލްތަކާއި، އޯޑިއޯ މެސެޖިން ޓޫލްތައް މެދުވެރިކޮށެވެ. އެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކުރ...

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ނޯޓުގެ މޮނޯ އައުޓްލެޓެއް ހުޅުވައިފި
Business

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ނޯޓުގެ މޮނޯ އައުޓްލެޓެއް ހުޅުވައިފި

ސްޓޭޓް ޓްރޭޑިން އޮގަނަައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސްގައި، ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް ހުޅުވައިފިއެވެ. ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓު ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު އާއި އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާއެވެ. މިއީ ނޯޓް ކޮސްމެޓިކްސް އިން ރާއްޖޭގައި ހުޅުވި ދެވަނަ މޮނޯ އައުޓްލެޓެވެ. އެ އައުޓްލެޓްގެ ރަމްޒީ ތަޅުދަނޑި ވެސް ރޭ ވަނީ އެސްޓީއޯ އާ ހަވާލުކޮށްފައެވެ. ނޯޓު ކޮސްމެޓިކްސްގެ […]

ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ގަމުގެ ގޮނޑުދޮށް ހިމާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ގަމުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 30 މީޓަރުގެ ރިވެޓްމަންޓް ޖަހައި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ...

މިރޭ ހުޅުމާލެއިން ފެނުގެ ހިދުމަތް ކެނޑޭނެ
Business

މިރޭ ހުޅުމާލެއިން ފެނުގެ ހިދުމަތް ކެނޑޭނެ

މިރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ހިދުމަތް މެދުކެނޑޭނީ މިރޭ 11:00 އިން ފަތިހު 4:00 އާ ދެމެދުގައި ކަމަށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހުޅުމާލޭގެ މެއިން ވޯޓާ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރާށެވެ. ފެނުގެ ހިދުމަތް މެދުކަނޑާލުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.

އުރީދޫ ސުޕަނެޓް ހިދުމަތް ފ. ނިލަންދުއަށް ތައާރަފުކޮށްފި
Business

އުރީދޫ ސުޕަނެޓް ހިދުމަތް ފ. ނިލަންދުއަށް ތައާރަފުކޮށްފި

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދުއަށް ތައާރަފް ކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ. “ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ ސުޕްނެޓް ޕެކޭޖްތަަައް އެ ރަށަށް ތައާރަފްކޮށްފައި ވާއިރު، ނިލަންދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށް...

އީޔޫއާ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކަށް އެހީތެރިކަން
Business

އީޔޫއާ ގުޅިގެން ޓޫރިޒަމް ވިޔަފާރިތަކަށް އެހީތެރިކަން

ޔޫރަޕިއަން ޔޫނިއަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޕްރައިވެޓް ސެކްޓަ ވިޔަފާރިތަކުގެ ބައިވެރިވުމާއެކު ގިނަ އަދަދެއްގެ ގެސްޓްހައުސްތަކަށް ހިލޭ އެހީ ފޯރުކޮށްދީފިއެވެ. މިއީ އީޔޫގެ ފަރާތުން ފަންޑްކޮށްފައިވާ ” އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް” ޕްރޮޖެކްޓުގެ ދަށުން ދޭ އެހީއެކެވެ. އެ އެހީ ދިނުމަށް އިއްޔެ ވަނީ ކ. ތުލުސްދޫގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި އެހީގެ ދަށުން އީޔޫއިން ހަދިޔާ ކުރީ 2 […]

ޕޯޓް ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ ކޯހެއް ބާއްވައިފި
Business

ޕޯޓް ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ ކޯހެއް ބާއްވައިފި

މެރިޓައިމް ޕޯޓުތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ހާއްސަ، “ޕޯޓް ފެސިލިޓީ ޑެޒިގްނޭޓެޑް ސެކިއުރިޓީ ޑިއުޓީސް” ކޯހެއް ބާއްވައިފިއެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން އެމްޕީއެލް އިން އެ ކޯސް ކުރިއަށް ގެންދިޔައީ ކުޅުދުއްފުށި ކެމްޕަހުގައެވެ. އެއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ކޯހެކެވެ. އެ ކޯހުގައި ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ 11 މުވައްޒަފެއް ބައިވެރިވިއެވެ. މި ކޯހުން ޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް، ޕޯޓު ފެސިލިޓީ ސެކިއުރިޓީ ޕްލޭނާއި އިންޓަނޭޝަނަލް ކޮންވެ...

އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ، ބޮޑު އިނާމަކަށް 50،000ރ.
Business

އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު މިރޭ ހަމަވާނެ، ބޮޑު އިނާމަކަށް 50،000ރ.

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްރޭހުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ މުއްދަތު މިރޭ 11:59ގައި ހަމަވާތީ ޓީމުތަކުން ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން ހަދާން ކޮށްދީފިއެވެ. މި ހަރަކާތް އުރީދޫ އިން ބާއްވާ މިއީ 11 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މި މުބާރާތަށް މީގެ ކުރިން ވަނީ ބޮޑު ތަރުހީބެއްލިބިފައެވެ. މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި […...