ގުޅީފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް
ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި ލޯނު ނެގުމަށް ތިން ބޭންކަކާއެކު އެއްބަސްވެފައެވެ. އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ފިނޭންސުން ހާމައެއް ނުކުރެއެވެ. Th...