އެމްޓީސީސީ ބަސް ޑްރައިވަރުންގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ “ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް” އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެމްޓީސީސީން މި ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ. އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމުގެ ދަށުން ބަސް ޑްރައިވަރުން ތިން މަސް ދުވަހުގެ ތެރޭގައި ތަމްރީނުކުރެވޭނެ ކަމަށެވެ. މި މުއްދަތުގައި 5،000 ރުފިޔާގެ އެލަވެންސެއް ވެސް ދޭނެ ކަމަށް އ...