މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,327 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އުރީދޫ ސުޕަނެޓް ހިދުމަތް ބާރަށަށް
Business

އުރީދޫ ސުޕަނެޓް ހިދުމަތް ބާރަށަށް

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހއ. ބާރަށަށް ތައާރަފްކޮށްފިއެވެ. މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު ބާރަށުގެ ރައްޔިތުންނަށް ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕް […]

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޑީއެމްޑީ އާތިފް
Business

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޑީއެމްޑީ އާތިފް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް ހަމަޖައްސައިފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ. އެގޮތުން، އާތިފް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ. ސުހައިލް ސަރުކާރުގެ ވަޒީފާ އިން ރިޓަޔާ ކުރައްވަން ނިންމެވީ އުމުރުން 55 އަހަރު ވުމުން، އެޗްޑީސީގައި އޮންނަ ރިޓަޔާމެންޓް އުސޫލުގެ ތެރެއިންނެވެ. އެޗް...

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Business

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. އާބާދީގައި 1،385 މީހުން ދިރިއުޅޭ ރަތަފަންދޫއަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާ އެތައް އަހަރެއްވެފައިވާ އިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑު...

ސެމްސަން ޒީ ފޯލްޑް4 މިހާރު މޫލީ އިން ލިބެން ހުންނާނެ
Business

ސެމްސަން ޒީ ފޯލްޑް4 މިހާރު މޫލީ އިން ލިބެން ހުންނާނެ

ސެމްސަންގުން މިއަހަރު ދުނިޔޭގެ ބާޒާރަށް ނެރުނު “ޒީ ފޯލްޑް 4” އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، “މޫލީ” ގައި ވިއްކަން ފަށައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް ފަތް ޖެހޭ މި ފޯނު މޫލީ އާއި އެކުންފުނީގެ އެކްޕީރިއެންސް ސެންޓަރުތައް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސެމްސަންގް ޒީ […]

ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން
Business

ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން

ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން […]

މިނީ ބަހުގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށަނީ
Business

މިނީ ބަހުގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފަށަނީ

މާލޭގައި މިނީ ބަހުގެ ޚިދުމަތް އަންނަ ހޯމަ ދުވަހު ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް އާޒިމް ވިދާޅުވީ ފުރަތަމަ ދެ ހަފްތާގައި ކުރިއަށްދާނީ ޓެސްޓް ދަތުރުތަކެއް ކަމަށެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގާނެ ކަމަަސް އޭނާ ވިދާޅުވިއެވެ. މިއީ އާރުޓީއެލްގެ ހުރިހާ ހިދުމަތެއް ވެސް ދެމުން އަންނަ ގޮތެވެ. މިނީ ބަހުގެ އަގުގެ ގޮތުގައި އެމްޓީސީސީން ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ. މާލޭގައި […]

ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތުގައި "ކިޔުއާރް ޓިކެޓިން" ތައާރަފުކޮށްފި
Business

ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތުގައި "ކިޔުއާރް ޓިކެޓިން" ތައާރަފުކޮށްފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތުގައި “ކިޔުއާރް ޓިކެޓިން ” ތައާރަފުކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މާލެ ސަރަހައްދާއި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަމާއި ފޮނަދޫ އަދި ލ. އިސްދޫއާއި ކަލައިދޫގައި ފޯރުކޮށްދެމުން އަންނަ ޚިދުމަތުގައި މާދަމާއޮނ ފެށިގެން “ކިޔުއާރް ޓިކެޓިން” ތަޢާރަފުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަލަށް ތައާރަފުކުރެވޭ ކިޔުއާރު ޓިކެޓާއިއެކު ބަސް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިިބިގ...

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
Business

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

ޏ. ފުވައްމުލައް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ތާރު އެޅުމުގެ މަސައްކަތް އިފްތިތާހްކޮށްދެއްވީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގުއެވެ. މި މަސައްކަތް ފެށީއެވެ. މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައ...

އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
Business

އެޗްޑީސީން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި އެޗްޑީސީން ވަނީ އެ ކުންފުނީގެ މުނިސިޕަލް ޕޯޓަލާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ. އެޗްޑީސީން ބުނީ މި މައުލޫމާތު ސެޝަނުގެ ބޭނުމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އެފަދަ ޕޯޓަލެއް ހަދައި ޚިދުމަތް ދޭން ފެށުން ކަމަށެވެ. މި ޕޯޓަލްގެ ސަބަބުން ޙިދުމަތް ދިނުމުގައި ފަސޭހަވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭނެ […]

ދ. މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ދ. މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްލަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 78 އިންސައްތަ ވަނީ ނިމިފައެވެ. އަދި މިހާރު ހުރި ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ […]

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ޑީއެމްޑީ ޔޫސުފް ސިރާޖު
Business

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ޑީއެމްޑީ ޔޫސުފް ސިރާޖު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޔޫސުފް ސިރާޖު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޔޫސުފް ސިރާޖް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ. ޔޫސުފް ސިރާޖު ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 2019 ގައެވެ. އޭނާ ވަނީ އޭގެ ކުރިން 2011-2014 އ...

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އެމްފައިސާ އިން ކޭޝް ބެކް އޮފާއެއް
Business

އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އެމްފައިސާ އިން ކޭޝް ބެކް އޮފާއެއް

އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާއެއް އިއުލާންކޮށްފިއެވެ. މި އޮފާގެ ދަށުން، އެމް ފައިސާ މެދުވެރިކޮށް ބިލްތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، އެ ދައްކާ އަދަދުގެ 5 އިންސައްތާއާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ. މިއަދު މި ތައާރަފް ކުރެވުނު ހާއްސަ އޮފަރ އާއި އެކު އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭޝްބެކް ލިބޭނެއެވެ. ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ […]

އެޗްޑީސީން އެއް މިލިއަން ރުފިޔާގެ މުބާރާތެއް
Business

އެޗްޑީސީން އެއް މިލިއަން ރުފިޔާގެ މުބާރާތެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އާކިޓެކްޓުންނަށް ހާއްސަ ކޮށްގެން އެއް މިލިއަން ރުފިޔާގެ މުބާރާތެއް އިއުލާނުކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މުބާރާތުގައި ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބައިވެރި ވެވޭނެއެވެ. މިއީ ހުނަރުވެރި އަދި ގާބިލު އާކިޓެކްޓުން ވާދަކޮށްގެން، ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ޑިޒައިންތަކެއް ހުށަހެޅުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެއް މިލިއަން ރުފިޔާގެ އަގުހުރި މި މުބާރާތުގެ ބައިވެ...

ޅައިމަގު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ޅައިމަގު ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމު...

ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Thiladhunmathi News

ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް ވެސް […]