އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ
އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. އެ ކުންފުނިން ހަވާލުވީ އެ އަތޮޅުގެ އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތާއެވެ. އެ ކުންފުނިން އެ ރަށްތަކުގެ މަގުބައްތިތަކާ ހަވާލުވީ، ބައެއް ބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ. ސްޓެލްކޯއިން މިއަދު ވަނީ މި މަސައްކަތްތަކާ ހަވާލުވެ، ތިން ރަށުގެ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. މި...