ހިރިމަރަދޫ ނެރުމަގަށް ވެލިއަރައި، ވަދެނިކުތުން ނުރައްކަލަކަށް
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން އެތަނަށް ވަދެނުކުތުން ނުރައްކަލަކަށް ވެއްޖެއެވެ. ހިރިމަރަދޫ ނެރުމަގުގެ ހާލަތާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ އެ ރަށު ބަނދަރުގެ ނެރުމަގަށް ވެލިއަރައި ތިލަވުމުގެ ސަބަބުން ވަދެ ނިކިތުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެތަން ތިލަވުމުގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ހިތާމަވެރި ހާދިސާތައް ހިނގާފ...