ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި
ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު...