މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (03:15 އިން 08:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ފޮޓޯ މުބާރާތެއް
Thiladhunmathi News

ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ފޮޓޯ މުބާރާތެއް

މި އަހަރުގެ ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން “ޗާލު ހާދާލު” ނަމުގައި ބާއްވާ ފޮޓޯ މުބާރާތަށް، ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ހަމައެކަނި ހދ.އަތޮޅުގެ ރައްޔިތުންނަށެވެ. މުބާ...

ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް
Thiladhunmathi News

ތޯމާ ދެއްކި ހިތްވަރާއި ނަމޫނާ އާއެކު ކޮލެޖުގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް

“އެހީތެރިކަމަކަށް އެދިގެން އަންނަ ހަމަ ކޮންމެ މީހަކަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގުދުރަތީގޮތުން ލިބިފައިވާ ވަރަށް ހާއްސަ ސިފައެކޭ ބުނެވިދާނެ، އެހެން މީހުންގެ މުހުތާދުތައް ފުއްދައި ދިނުމަށް އެހީވުމަކީ ވަރަށް ބޮޑު އުފަލެއް އަމިއްލަ ނަފްސަށް ވެސް ލިބިގެންދާ ކަމެއް” މަންދު ކޮލްޖުން ބެޗްލާސް އޮފް ބިޒްނަސް، ފުރިހަމަކޮށް ގްރެޖުއޭޓްވި ހދ.ކުޅުދުއްފުށީ ތޯމާ އަލީ/ އާދިއްލީގެ، އަށް، މިދިޔަ މެއި މަހު ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ޖަލްސާގައި އެންމެ ބޮޑު ހައިރާންކަމެއް ލިބިގެންދިޔައީ...

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަނީ

ކުރިއަ އޮތް ހަފްތާ ބަންދުގައި ކުޅުދުއްފުށި ސިޓީގައި ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި ކޭމްޕަކީ އޮސްޓްރޭލިއާ ހައިކޮމިޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް ހެލްތު ކޭމްޕެކެވެ. މި ކޭމްޕް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގެ ކަމާއިބެހޭ އިދާރާތަކުގެ ފެންވަރު މަތިކޮށް މެންޓަލް އިލް-ހެލްތުގެ އަލާމާތްތައް ކުރިއާލައި ދެނެގަނެ ސަޕޯޓްސް ގްރޫޕް ހެދުމާއި، މިކަމަށް ހޭލ...

އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު
Sports

އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، ޖަރުމަނު އެއްވަރު

މި މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި އިންގްލެންޑުން ބޮސްނިއާ ބަލިކުރިއިރު، މުބާރާތް ހޮސްޓްކުރާ ޖަރުމަނާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ އިންގްލެންޑާއި ބޮސްނިއާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ. މި މެޗުގައި އިންގްލެންޑުން ވަނީ ފުރަތަމަ އެގާރައިން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އިންގްލެންޑުން ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ ބޮޑުބައިގައި ބޮސްނިއާއިން ވަ...

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި
Thiladhunmathi News

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […]

މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި
Thiladhunmathi News

މިޔަރު މަސްވެރިކަން ކުރުމަށް ފުރުސަތު ދިނުމަށް މޭޔަރު އާތިފް ގޮވާލައިފި

ދިވެހި ކަނޑުފަޅުގެ ފުރިހަމަނަފާ ރައްޔިތުންނަށް ހޯދޭނޭމަގަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވާ، މިޔަރުގެ މަސްވެރިކަން ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ގޮވާލައިފިއެވެ. މޫސުމީ މަސްވެރިކަމެއްގެ ގޮތުގައި ވަކި ސަރަހައްދުތަކެއް ހާއްސަކޮށްގެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް އާތިފް ވަނީ ސަރުކާރަށް ގޮވާލާފައެވެ. މޭޔަރ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2000 ގެ އަހަރުތަކާއި ހަމައަށް ކުޅުދުއްފުށީގެ އިޤްތިޞ...

ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ފައިސާގެ އިނާމް ބޮޑުކޮށް، ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ބޮޑުކޮށް، “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މި އަހަރު ވަނީ 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގ...

އެމްބާޕޭ ރެއާލަށް ސޮއިކޮށްފި
Sports

އެމްބާޕޭ ރެއާލަށް ސޮއިކޮށްފި

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެމްބާޕޭއަކީ ފާއިތުވި އަހަރުތަކުގައި ރެއާލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިޔާއެވެ. އެމްބާޕޭ ރެއާލަށް ބަދަލުވާން ބޭނުން ވިޔަސް އޭރު އެކަން ނުވެއޮތީ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރުމުން އެ ޓީމުން އޭރު އޭނާ ވިއްކަން ބޭނުން ނުވުމެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވާ...

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ […]

މަސައްކަތް ފުރިހަމަ ކުރުމުން މަރުކޮމިޝަން އުވާލައިފި
Raajje

މަސައްކަތް ފުރިހަމަ ކުރުމުން މަރުކޮމިޝަން އުވާލައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި އުފެއްދި ރިޔާސީ ކޮމިޝަން އުވާލައިފިއެވެ. މަރު ކޮމިޝަން އުވާލާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއް މެދުވެރިކޮށެވެ. މިއަދު ނެރުއްވި އެ ގަރާރުގައި ވަނީ މަރު ކޮމިޝަން އުވާލާފައި ވަނީ އެ ކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތްތައް ނިންމަވާފައިވާތީ ކަމަށެވެ. މަރު ކޮމިޝަންގެ ފައިނަލް ރިޕޯޓު ރައީސް އޮފީހާއި މެއި މަސް ނިމުމުގެ ކުރިން ވަނ...

ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައިފި
Raajje

ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ނިންމައިފި

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ. އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. ކެބިނެޓް ބައްދަލުވުމަށް ފަހު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނ...

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް
International

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ފާސްކޮށްފިއެވެ. ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި 177 މެމްބަރުން ގައުމަކުން ބައިވެރިވިއިރު، އޭގެތެރެއިން 101 ގައުމަކުން ވަނީ ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދިނުމަށް ތާއީދު ކޮށްފައެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ. ޑަބްލިއުއެޗްއޯގައި ފަލަސްތީނަށް އޮބްޒާވަރުގެ ދަރަޖަ ކުރިން ވެސް ދީފައިވާއިރު، އެ ޖަމި...

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި
Raajje

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށް ގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއާކަންޑިޝަން ހަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފްތިތާހްކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު މާފުށީ ސްކޫލުގައި ބާއްވާފައިވާއިރު، ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. ސަރުކާރުން ނިންމާފައި ވަނީ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ފިނި މާހައުލެއް ގާއިމް ކުރުމަށެވެ. އެ ރަށްމިއްޔާތުގ...

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފަށައިފިއެވެ. މި މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީސީ އާއި ބީސީ ލަޔަންސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބީސީ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ބީސީގެ […]

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
Sports

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި، ޔޫރަޕްގެ ކިންގަކީ އެއީކަން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ. ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ރެއާލުން މި ވަނީ ޔޫރަޕްގެ ރަސްކަމަށް އަރާފައެވެ. މިއީ ފާއިތުވި 11 އަހަރުތެރޭ ރެއާލުން ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ހަވަނަފަހަރެވެ. […]