މާޓިނޭޒް އިންޓަ މިލާނުގައި މަޑުކުރަން ނިންމައިފި
އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް ލައުޓާރޯ މާޓިނޭޒްއަށް، އެ ޓީމުން ހުށަހެޅި އެއްބަސްވުން ގަބޫލުކޮށް އެ ޓީމުގައި މަޑުކުރަން ނިންމައިފިއެވެ. އުމުރުން 26 އަހަރުގެ މާޓިނޭޒް މިހާރު އިންޓައާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އައު ކޮންޓްރެކްޓްގެ ދަށުން އޭނާ އިންޓަ މިލާނުގައި 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަކަށް މަޑުކުރާނެއެވެ. އަލަށް ހަދާ އެއްބަސްވުމުގެ ދަށުން އިންޓައިން ވަނީ މާޓިނޭޒްއަށް އަހަރަކު ނުވަ މިލިއަން ޕައުންޑްގެ ދިނުމަށް […]