ހދ.އަތޮޅު ކައުންސިލްގެ ރައީސްކަމުން ސިރާޖު ވަކިކުރަން ފާސްކޮށްފި
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ސިރާޖް އެ މަގާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ރައީސްކަމުން ސިރާޖު ވަކިކުރަން ހުށަހެޅުއްވީ ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދެވެ. މި ޖަލްސާގައި ޖުމްލަ 10 މެމްބަރުން ބައިވެރިވިއެވެ. ރައީސް ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ވަހީދު ވަނީ އެ ޖަލްސާގައި ގޮވާލާފައެވެ. މި މައްސަލާގައި ވޯޓަށް އ...