ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ "ދިއްދޫ ކަޕް 2 ވަނަ ހޭންޑްބޯޅަ" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން އަދި ޓީމް ލިސްޓް މި މިހުގެ 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

ދިއްދޫ ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވައިދު ދޫކުރުމާއި ފޯމް ބަލައިގަތުން ކޮންމެ ދުވަހަކު ހެނދުނު 0900 އިން 1300 އަށް އެ ކައުންސިލުގައި ކުރިއަށް ދާނެކަމަށެވެ.