ގއ.ކޮލަމާފުށިން މާވަހަރެއް ހޮވައިފިއެވެ.
މި މާވަހަރު ހޮވާފައި ވަނީ އިއްޔެ ހެނދުނު ދިހައެއް ޖަހާކައްހާއިރު، އެ ރަށު ފުއްޓަރު ފަރާތުންނެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ވަހީދު ބުނީ މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް އެ ރަށު ފުއްޓަރު ފަރާތުން ބަޔަކު ހޮވާފައިވާ ކަމަށެވެ. މާވަހަރެއްގެ ސިފަތައް އޭގައި ވަރަށް ބޮޑަށް ހުރުމުން، އެއީ މާވަހަރެއްތޯ ޔަގީން ކުރުމުގެ މަސައްކަތް ހޮވި ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
"ފުރަތަމަ މާވަހަރުގެ ބައެއް ހޮވީ އެކަކު، ދެން އިތުރަށް އެ ސަރަހައްދު ބަލަން ގޮސް އޭގެ ބައިތަކެއް އަނެއްކާ ވެސް އެތަނުން ހޮވީ، އޭގައި އޮތީ އެއްވަރެއްގެ ދެބަޔާއި ކުދި އެތިކޮޅުތަކެއް، އެ ހުރިހާ އެއްޗެއް އެއްކޮށްލުމުން އޭގެ ބޮޑުމިނުގައި ދެ ކޮލޯވަރު ހުންނާނެ" ވަހީދު ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!