ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފުތާގައި ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުވާކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލަ އާއި ވ. އާރަށް މައްސަލާގަ އެވެ. އެއީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
މީގެ ތެރެއިން އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށްފަހު ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. ނަމަވެސް ފުއްގިރި މައްސަލަ މިހާތަނަށް ކްރިމިނަލް ކޯޓުގައި އޮތީ ކުރިއަށް ނުގޮސް މަޑުޖެހިފަ އެވެ.
އޭގެ ތެރެއިން ފުއްގިރި މައްސަލާގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައި ވާއިރު، އާރަށް މައްސަލާގެ ޝަރީއަތް އަންނަ ބުދަ ދުވަހަށެވެ.
އެ ދެ މައްސަލަ ވެސް ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!