ލެވަންޑޯސްކީގެ ދެ ލަނޑުން ބާސާއިން ފަހަތުން އަރާ ވެލެންސިއާ ބަލިކޮށްފި
ސްޕެނިޝް ލަލީގާގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ސީޒަންގެ ފުރަތަމަ މެޗުގައި ބާސާ ރޭ ރަށުން ބޭރުގައި ނުކުތީ ވެލެންސިއާއާއި ދެކޮޅަށެވެ. ވެލެންސިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް ބާސާއިން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން (2-1) މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފައެވެ. ބާސާގެ ފުރަތަމަ އެގާރާގައި އާންމުކޮށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޮން، ގަވީ، އަރައުހޯގެ އިތުރުން ގުންޑޮގަން މިވަގުތު ތިބީ އަނިޔާގައެވެ. ވުމާއިއެކު ރޭ މެޗަށް ބާސާ ނުކުތީ […]