ބިލްބާއޯ ބަލިކޮށް ބާސާއިން ލީޑު ދަމަހައްޓައިފި
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައި ހަމަޖެހިލައިފިއެވެ. ރޭ އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ބާސާއިން ވަނީ 1-0 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބުނީ ބާސާއަށެވެ. ބާސާގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބިލްބާއޯގެ ކީޕަރެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ރަނގަޅު ފުރުޞަތެއް ބިލްބާއޯގެ ރައުލް […]