ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން
ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން “އަވަސް” ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކު...