މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ޔުވެންޓަސް އަށް ހަނި މޮޅެއް
Sports

އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ޔުވެންޓަސް އަށް ހަނި މޮޅެއް

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްއާއި ފްރެއިބާގް ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ޓީމް ބައްދަލުވުމަށް ލަހުން އައުމާއި ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރ ޕޮގްބާ ވަނީ ރޭ މެޗަށް އެކުލަވާލި ޓީމުން ބާކީ ކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޕޮގްބާ އަލުން […]

ފަސޭހަކަމާއިއެކު ބެޓިސް ބަލިކޮށް ޔުނައިޓެޑުން ކުއާޓާގެ އުންމީދު ބޮޑުކޮށްފި
Sports

ފަސޭހަކަމާއިއެކު ބެޓިސް ބަލިކޮށް ޔުނައިޓެޑުން ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ފަސޭހަކަމާއިއެކު ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ. ޔުނައިޓެޑް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 7-0 ގެ ނަތީޖާއިން ލިވަޕޫލް އަތުން ބަލިވެފައިވުމާއިއެކު، ރޭގެ މެޗަށް އެ ޓީމް ނުކުތީ މީޑިއާގެ ގިނަ ފާޑުކިއުންތަކެއް […]

ށ.އަތޮޅުގެ ޑަބްލިއުޑީސީތަކާއި އަތޮޅު ކައުންސިލް ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި
Thiladhunmathi News

ށ.އަތޮޅުގެ ޑަބްލިއުޑީސީތަކާއި އަތޮޅު ކައުންސިލް ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި ގުޅޭ އެއްބަސްވުންތަކުގައި އެ ދެފަރާތުން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ، އެ އަތޮޅުގެ ޑަބްލިއުޑީސީގެ ރައީސާއިންނާއި އެކު މިއަދު އެކަމަށްޓަކައި އަތޮޅު ކައުންސިލުގައި ބޭއްވު ހާއްސަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ޑަބްލިއުޑީސީތަކުން ވަނީ ބައިވެ...

އަހަރު ތަކަކަށް ފަހު މިލާން ކުއާޓާއަށް
Sports

އަހަރު ތަކަކަށް ފަހު މިލާން ކުއާޓާއަށް

އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ. މިލާން އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފައި ވަނީ 2011/12 ސީޒަންގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި މިލާންގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް […]

ޕީއެސްޖީ ބަލިކޮށް ބަޔާން ކުއާޓާއަށް
Sports

ޕީއެސްޖީ ބަލިކޮށް ބަޔާން ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި މެޗު، ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ. މި ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބަޔާނުންނެވެ. ބަޔާން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށް، އެގްރިގޭޓް ނަތީޖާ 3-0 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު […]

ކުމުންދޫ ޑަބްލިއުޑީސީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކުމުންދޫ ޑަބްލިއުޑީސީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރިއަށް އޮތް ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކަނބަލުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި ޤުރުއާނަށް އަހުލުވެރި ކުރުވުމެވެ. މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ބޮޑެތި މީހުންނަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފަ...

އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓްގެ ގުރުއަތުލައިފި
Thiladhunmathi News

އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓްގެ ގުރުއަތުލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ގުރުއަތުލާފައި ވަނީ ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓުގައި އެ ކަމަށްޓަކައި ބޭއްވި ކުޑަކުޑަ އިވެންޓެއްގައެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 10 ވަނަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަނިމާދޫ އިޖުތިމާއީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ […]

ޑޯޓްމަންޑް ބަލިކޮށް ޗެލްސީ ކުއާޓާއަށް
Sports

ޑޯޓްމަންޑް ބަލިކޮށް ޗެލްސީ ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު ޗެލްސީ ވަނީ 2-0 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ 2-1 އިން ކުރި […]

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް
Thiladhunmathi News

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނބަލުންގެ ވާދެމުމުގެ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކުގެ ނަމުގައްޔާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމްތައް ބައިވެރި ކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ވެސް ޓީމް ހަދައި ޓީމް ރ...

ނޭމާއަށް ސީޒަން ނިމިއްޖެ
Sports

ނޭމާއަށް ސީޒަން ނިމިއްޖެ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހުމުގެ ސަބަބުން އޭނާއަށް ދެން މި ސީޒަންގެ ބާކީ އޮތްބައިގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ. ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި ލިލް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނޭމާއަށް އަނިޔާވެ އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. އުމުރުން […]

ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ
Thiladhunmathi News

ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި އެ ޕްރޮގްރާމް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ އެއް އަހަރުގެ މުއްދަތަށް ހިންގާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހާއި، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ...

އުލިގަމު މިސްކިތްތަކުގައި ހުރި އަމިއްލަ ފަރުދުންގެ ތަކެތި ނަގަން އަންގައިފި
Thiladhunmathi News

އުލިގަމު މިސްކިތްތަކުގައި ހުރި އަމިއްލަ ފަރުދުންގެ ތަކެތި ނަގަން އަންގައިފި

ތިލަދުންމަތީ އުތުރުބުރީ އުލިގަމު މިސްކިތްތަކުގައި އަމިއްލަ ފަރުދުން ބަހައްޓާފައިވާ ގޮނިޑިފަދަ ތަކެތި ނެގުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިއަދު އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފަހަކަށް އައިސް އެ ރަށުގެ ބައެއް މިސްކިތްތަކުގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ގޮނޑިފަދަ ތެކެތި އެ ބެހެއްޓި ފަރާތްތައް ނޫން އެހެން ފަރާތްތަކުން ބޭނުން ކުރުމާއި ގުޅިގެން މިސްކިތުގެ ތެރޭގައި އަޑުގަދަވެ އަޅުކަންކުރާ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. ސަރުކާރ...

ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ
Thiladhunmathi News

ގެއްލުނު އަސްދޫނީ ހޯދަނިކޮން ފެނުނީ، އަހަރެއް ކުރިން ކުރިނބީ ކައުންސިލް ފަޅާލައި ވަގަށް ނެގި ތިޖޫރީ

މީގެ އަހަރެއްހާ ދުވަސް ކުރިން ތިލަދުންމަތީ ކުރިނބީ ކައުންސިލުގެ އިދާރާ ފަޅާލައި ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ. މި ތީޖޫރީ ފެނިފައި ވަނީ ކުރިނބީ މާގަންމަގުގެ އަތިރިމަތީ ހޭޅީގެ ދެކުނު ފަރާތުންނެވެ. އެއީ ކުރިނބީ ކައުންސިލް އިދާރާއާއި ސަތޭކަވަރަކަށް މީޓަރު ދުރު ސަރަހައްދެކެވެ. މި ކަމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުރިނބީ ކައުންސިލުގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެ ކައުންސިލުން ގެއްލުނު ތިޖޫރީ ފެނިގެން އެ […]

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް
Thiladhunmathi News

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހދ. ނޮޅިވަރަންފަރު، ކަރަންކާގޭ ޚަދީޖާ އަބްދުﷲ އަކީ އުރަމަތީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ. އުމުރުން 65 އަހަރުގެ ޚަދީޖާ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ޚަދީޖާގެ ބައްޔާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން ޚަދީޖާގެ ހުރި ހަމައެކަނި ދަރިފުޅު، އަލީ ނަސީރު ބުނެފައި ވަނީ، މަންމައަށް އުނދަގޫތަކެއް ވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ރީޖަނަލް […]

ޔުވެންޓަސް ބަލިކޮށް ރޯމާ ހަތަރަކަށް
Sports

ޔުވެންޓަސް ބަލިކޮށް ރޯމާ ހަތަރަކަށް

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ރޯމާ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޔުވެންޓަސް އިންނެވެ. މެޗުގެ 44 ވަނަ މިނެޓުގައި ރޯމާގެ އޭރިއާތެރެއުން ޔުވެންޓަސްގެ މިޑްފީލްޑަރ ރެބިއުޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގައި ފެނިގެންދިޔަ […]