ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭއާރު ޓީމުން ހޯދައިފިއެވެ.

މި މުބާރާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އޭއާރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސްކޫލް ޓީމް ބަލިކޮށްގެންނެވެ.

Ad
rt

މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ވަނީ ދީފައެވެ. މި މުބާރާތުގައި ހަތް ޓީމެއް ބައިވެރިވެފައި ވެއެވެ. އެ ޓީމްތަކަކީ ޓީމް ހޮސްޕިޓަލް، ޓީމް ވާނެ، ޓީމް ތަނުންތަނުން ނިންމާ، ޓީމް އޭއާރ، ޓީމްގެ ފެނަކައިގެ އިތުރުން ސްކޫލް ޓީމެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ އެއް ދުވަހުގެ މުބާރާތެއްގެ ގޮތުގައެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މާޗް 8 ވަނަ ދުވަހެވެ.