ނިއު ޒީލޭންޑުގެ އާއްމު އިންތިހާބު ލަސްކޮށްފި
ނިއު ޒީލޭންޑުގައި ހަލުވިކަމާއި އެކު އަނެއްކާވެސް ކޯވިޑް-19 ފެތުރެމުން ދިއުމާއެކު އެގައުމުގައި އަންނަ މަހުގެ 19ގައި ބާއްވަން ހަމަޖައްސާފައި އޮތް އާއްމު އިންތިހާބު 17 އޮކްޓޯބަރއަށް ފަސް ކުރަން ބޮޑުވަޒީރު ޖަސިންދާ އާޑާން ނިންމަވައިފި އެވެ. އާޑާން ވިދާޅުވެފައި ވައިގޮތުގައި މިނިންމުމާއިއެކު ހުރިހާ ޕާޓީއަކަށްވެސް ކުރިއަށް އޮތް ނުވަ ހަފްތާ ތެރޭ ކެމްޕެއިން ކުރުމަށާއި އިންތިހާބު ބޭއްވޭނެކަން ޔަގީން ކުރުމަށް އިލެކްޝަން ކޮމިޝަނަށް ވަގުތު ލިބިގެންދާނެކަމަށެވެ. ނިއު ޒީލޭންޑުގެ ގާނޫނުތަކުގައި ބަޔާންވެގެން ވާގ...