އިންސްޓަގްރާމް މެދުވެރިށް ވިޔަފާރިއެއް ކުރައްވާނަމަ އިންސްޓަރގްރާމްގެ ވިޔަފާރިއެކައުންޓެއް ހުޅުވުމުން އިތުރު ފައިދާ ތެކެއް ލިބިގެންދެއެވެ.
އިންސްޓަރގްރާމްގެ ބިޒްނަސް އެކައުންޓުގެ "އިންސައިޓްސް" މެދުވެރިކޮށް ވިޔަފާރި ތަރައްގީކުރުމަށް މުހިންމު މައުލޫމާތުތަކެއް ބަލާލެވެއެވެ. އޭގެތެރޭގައި އެކައުންޓް ފޮލޯކުރާ ފަރާތްތައް އުޅޭ ހިސާބާއި، އުމުރާ، ޖިންސާއި އަދި ވިއުއަރސް އެންމެ ގިނައިން އިންސްޓަގްރާމް ބޭނުންކުރަމުންދާ ވަގުތާއި ބެހޭ މައުލޫމާތު އަނގައިދެއެވެ.
މިއީ ވިޔަފާރީގެ ޓާގެޓް މާކެޓް ދެނެގަދުމަށް މުހިންމު މައުލާމާތުތަކެކެވެ. އަދި މަހުން މަހަށް ތައްޔާރުކުރާ ސޯޝަލް މީޑީއާ ރިޕޯރޓަށް ވެސް މިއީ ބޭނުންތެރި މަޢުލޫމާތެކެވެ. ފަސޭހަކަމާއިއެކު ވިޔަފާރީގެ މީޓިންގ ތަކުގެ ރިޕޯރޓުގައި މައުލޫމާތު ހިމަނާލަން ޖެހިއްޖެ ހާލަތެއްގައި ހުރިހާ މަޢުލޫމާތެއް އަތްފޯރާފަށުގައި މި އެކައުންޓުގެ ޒަރީއާއިން ލިބިއެވެ.
އިންސްޓަގްރާމްގެ ވިޔަފާރި އެކައުންޓުތަކަށް އިސްތިހާރު ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. މި ޚިދުމަތް ބޭނުން ކޮށްލައިގެން ވިޔަފާރި އިސްތިހާރު ކޮށްލުމަށް ވަރަށް ފަސޭހައެވެ. މީގެ އިތުރުން އިސްތިހާރު ތައްޔާރުކޮށްލުމަށް ނުވަތަ ތައްޔާރުކޮށްފައިވާ އިސްތިހާރެއް ޕްރޮމޯޓް ކުރުމަށްވެސް ފަސޭހަގޮތްތަކެއް ބިޒްނަސް އެކައުންޓުން ލިބެއެވެ.
އިންސްޓަގްރާމްގެ ވިޔަފާރި އެކައުންޓަށް ފޯން ނަންބަރު ނުވަތަ ގުޅޭނެ އެހެން ގޮތްގޮތުގެ މައުލޫމާތު ހިމަނާލުމަކީ ފަސޭހަކަމެކެވެ. އެކައުންޓުގެ ޕްރޮފައިލް ފޮޓޯ ކައިރިއަށް ގުޅޭނެގޮތުގެ ހާއްސަ ބަޓަން ހިމަނާލެވެއެވެ.
އިންސްޓަގްރާމް އެކައުންޓް ފޭސްބުކް ޕޭޖާއި ލިިންކު ކުރެވޭގޮތަށް އޮތުމުން ވެސް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ފަސޭހަތަކެއް ލިބިގެންދެއެވެ. ދެ އެކައުންޓް ލިންކު ކޮށްލުމުން އިންސްޓަގްރާމް އިން ހިއްސާކުރާ ޕޯސްޓް ނުވަތަ އިސްތިހާރު ފޭސްބުކްގައިވެސް ހިމަނާލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!