އަންނަ މަސް ނިމިއްޖެ! މިނިސްޓަރު ވިދާޅުވި ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާނެއް ނުކުރޭ!
ހދ އަތޮޅުގައި ޓޫރިޒަމް ނެތިގެން އެވާހަކަ ދައްކާތާވީ ދުވަހެއް، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ވެދާނެއެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. އަދިވެސް އެވާހަކަ ދެއްކެން ހުއްޓުމަކަށް ނާދެއެވެ. ހދ އަތޮޅު ޒުވާނުންވެސް ރަށާ ކައިރި ރިސޯޓު ތަކުގައި މަސައްކަތް ކުރަން ބޭނުން ވާނެއެވެ. އޮފްޑޭގައި ރަށަށް އާއިލާ ކައިރިއަށް ދާން ބޭނުން ވާނެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވި މިހާތަނަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސަރުކާރުތަކުގެ ބޮޑު އިޙުމާލެކެވެ...