ހއ ކެލާގެ އެންމެހާ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިތަކަށް ހުޅުވައިލައިގެން ބާއްވާ ”ކެލާ ސުޕަރ ލީގު 2019“ ގައި ބައިވެރިވުމުގެ ފުރުޞަތު ކެލާ ކައުންސިލުން ވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ހުޅުވާލައިފައެވެ.
ކެލާ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ފުޓުބޯޅަ ލީގު 2019 ޑިސެމްބަރ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިމުބަރާތުގެ ޤަވާޢިދާއި ބައިވެރިވުމަށްއެދޭ ފޯމް ކެލާ ކައުންސިލް އިދާރާގެ ރިސެޕްސަނުންނާއި ކެލާ ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެކައުންސިލުން ހާމަކޮށްފައި ވެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2019 ނޮވެމްބަރ 12 ވަނަ ދުވަހުގެ 14:00 އާއި ހަމަޔަށް ކެލާ ކައުންސިލުން ވަނީ އިތުރުކޮށްފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2019 ނޮވެމްބަރ 27 ވަނަ ދުވަހުގެ 14:00 ކަމަށް އެކައުންސިލުން ހާމަކުރެއެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން މުބާރާތުގައި ބައިބެރިވުމުގެ ފީއެއްގެ ގޮތުން -/2000 ރުފިޔާ ނަގާނެއެވެ.
މިދިޔަ އަހުރު ކެލާ ސްޕަރ ލީގުގެ ޗެމްޕިއަން ކަން ހޯދީ ލިލީ ޕްރީ ސްކޫލްގެ ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!