ކެލާ ސްޕަރލީގް 2019 ޗެންޕިއަން "ކެލާގެ ފެނަކަ"
ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާގެ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ. ފައިނަލް މެޗްގައި ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅޭ މި މުބާރާތުގެ އެންމެ […]