ގޫގަލް މެޕްއިން ތިލަދުންމަތި ހިމެނޭ ބަޔެއް ސަރަޙައްދު އަޕްޑޭޓުކޮށްފި
ގޫގަލް މެޕްގައި ތިލަދުންމަތީ ހިމެނޭ ބަޔެއް ސަރަޙައްދު އަޕްޑޭޓު ކޮށްފިއެވެ. އެގޮތުން މިހާރު ތިލަދުންމަތީ ކުޅުދުއްފުށި ހިމެނޭ ސަރަޙައްދު ގޫގަލް މެޕް އިން ބަލާއިރު ދާދިފަހުން ކުޅުދުއްފުށީގައި ހެދި އެއާޕޯޓް ސަރަހައްދު ފެންނަން ހުރެއެވެ. ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން އެރަށުގައި މިހާރު ހަދަމުންދާ ބަނދަރުވެސް މި އަޕްޑޭޓާއިއެކު ގޫގުލް މެޕް އިން ފެނެއެވެ. ހދ އަތޮޅުގެ ގިނަ ރަށްތަކެއް އަޕްޑޭޓް ކޮށްފައިވާއިރު ހއ އަތޮޅުގެ ބަޔެއް ރަށްރަށް ވަނީ އަޕްޑޭޓް ނުވެއެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓް ހިއްކި ސަރަހައްދ...