ގޫގަލް މެޕްގައި ތިލަދުންމަތީ ހިމެނޭ ބަޔެއް ސަރަޙައްދު އަޕްޑޭޓު ކޮށްފިއެވެ.
އެގޮތުން މިހާރު ތިލަދުންމަތީ ކުޅުދުއްފުށި ހިމެނޭ ސަރަޙައްދު ގޫގަލް މެޕް އިން ބަލާއިރު ދާދިފަހުން ކުޅުދުއްފުށީގައި ހެދި އެއާޕޯޓް ސަރަހައްދު ފެންނަން ހުރެއެވެ. ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން އެރަށުގައި މިހާރު ހަދަމުންދާ ބަނދަރުވެސް މި އަޕްޑޭޓާއިއެކު ގޫގުލް މެޕް އިން ފެނެއެވެ.
ހދ އަތޮޅުގެ ގިނަ ރަށްތަކެއް އަޕްޑޭޓް ކޮށްފައިވާއިރު ހއ އަތޮޅުގެ ބަޔެއް ރަށްރަށް ވަނީ އަޕްޑޭޓް ނުވެއެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓް ހިއްކި ސަރަހައްދު އަޕްޑޭޓް ނުވާކަން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ އަޕްޑޭޓުގައި ކުރީފަހަރުތަކަށްވުރެ ނުސާފުކަން ފާހަގަކޮށްލެވެއެވެ.
ދާދިފަހުން ގޫގަލް މެޕްގައި ވަނީ މާލެ ސަރަހައްދު ވެސް ގޫގަލް މެޕްގައި އަޕްޑޭޓު ކޮށްފައެވެ. މާލޭ ސަރަހައްދު ގޫގަލް މެޕްސްއިން އަޕްޑޭޓްކުރިއިރު ހުޅުމާލެއަށް ދާން އޮންނަ ބުރިޖާއި ހައިވޭތަކާއި އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަންތަންވެސް ވަނީ ފެންނަ ގޮތް ހަދައިފަ އެވެ.
ގޫގްލްގެ އާތު ބުލޮގުގައިވާ ވާގޮތުން ކޮންމެ މަހަކުވެސް އާ އަޕްޑޭޓްތައް ކުރެ އެވެ. އެހެންނަމަވެސް އަސްލު ފޮޓޯތައް އެ މުއްދަތުގެ ތެރޭގައި ނުފެނިދާނެކަމަށް އެ ބުލޮގުގައި ބުނެފައިވެއެވެ.
ގޫގަލް މެޕް އަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މެޕްތަކާއި އަދި ސެޓެލައިޓް ފޮޓޯތައް ހިމަނައިގެން ގޫގުލް ކުންފުނިން ހަދާފައިވާ އެޕްލިކޭޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!