ލޯކަލް ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި އިސްލާހު ފާސްކުރީ ޤާނޫނު އަޞާސީއަށް ހުށައަޅާފައިވާ މި އިސްލާހު ދިރާސާ ކުރުމަށް އުފެއްދި 11 މެންބަރުންގެ ވަގުތީ ކޮމެޓީގެ އިއްތިފާގުންނެވެ.

މިހާރު ކައުންސިލްތަކުގެ އުމުރަކީ 3 އަހަރެވެ. ކައުންސިލްތަކުގެ ޢުމުރު 3 އަހަރުން 5 އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން އިޞްލާޙު ފާސްކޮށްފައިވަނީ އިތުރު ބަދަލެއް ނުގެނަސް ހުށައެޅުއްވި ގޮތަށެވެ. ކޮންމެ 3 އަހަރަކުން 1 އަހަރުން އިންތިޚާބު ބޭއްވުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވެފައި ކައުންސިލް ތަކަށް ޤާބިލު ބޭފުޅުން ކުރިމަތި ނުލުމަށްވެސް ދިމާވާ ސަބަބެކެވެ.

Ad
rt

މިހާރު ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގެ ތަރައްޤީއަށް ތިން އަހަރު ދުވަހުގެ ތެރޭގައި މާބޮޑު މަސައްކަތްތަކެއް ނުކުރެވުންކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ޕްލޭންތައް ހަދައި ރައްޔިތުންނަށް ބޭނުންވާ ނަތީޖާ ނެރުމަށް ތިން އަހަރު ދުވަހަކީ ކުރު މުއްދަތެއްކަމަށް ކައުންސިލްތަކުންވެސް ފާހަގަކުރެއެވެ.

މި އިޞްލާޙު ތަޅުމުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމުން، އަންނަ އަހަރުގެ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލެއްވެސް އިންތިޚާބުކުރާނީ ފަސްއަހަރު ދުވަހުގެ މުއްދަތަކަށެވެ. މިއާއެކު ރާއްޖޭގައި ބާއްވާ މައި ތިން އިންތިޚާބުގައިވެސް ދައުރު ބެހިގެންދާނީ 5 އަހަރު ދުވަހަށެވެ.

ކައުންސިލް ތަކުގެ އުމުރު 5 އަހަރަށް ބަދަލުކުރުމަކީ ރައީސް ޞޯލިހުގެ ރިޔާސީ ވަޢުދެކެވެ.