ބުޅަލުގެ ނަޖިހުން ހަމަށް ޖެހޭ ބައްޔަކީ ފަސޭހައިން ރަނގަޅުވާ ބައްޔެއް ނަމަވެސް އޭގެ ނުރައްކާގެ ބޮޑުމަންޒަރު ނުފެއްނަކަމަށް ޑރ.އަހްމަދު ފައިސަލް ބުނުއްވައިފިއެވެ.

ފައިސަލް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މި ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެކަމަށާއި މި ބަލި ލޮލަށް ޖެހުމުން ލޮލުގެ ފެނުން ދާކަމަށެވެ. މިއަހަރުވެސް އުމުރުން 9 އަހަރުގެ ކުއްޖަކަށް މި ބަލި ޖެހިފައި ވަނިކޮށް ފެނިފައި ވާ ކަމަށް ޑރ.ފައިސަލް ގެ ޓުވީޓުގައި ވަނީ ބުނެފައެވެ.

Ad
rt

މީގެ އިތުރުން މާ ބަނޑު މީހަކަށް މި ބަލި ޖެހުމުން ލީބޭ ދަރިފުޅުގެ ލޮލުގެ ފެނުން ދިޔުމާއި ސިކުނޑީގެ މައްސަލަ ދިމާވެ ނުކުޅެދުންތެރިވެ ހިތުގެ އައިބުތައް ހުރުމަކީ އެކަށީގެން ވާކަމަށް ޑރ ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ޑރ ވަނީ ގޮވާލާފައެވެ.

މިހާރު މި ބަލި އާންމުވަމުން ދަތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައްކާތެރިވުމަށް މިފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަށް އެފަރާތުން އިލްތިމާސް ކުރެއެވެ.