"އައީޑާ ބެއްލާ" ނަމަކަށް ކިޔާ ބޮޑު ފަސިންޖަރ ލައިނެއް 2071 ފަސިންޖަރުންނާއި 619 ކުރޫއިންނާއެކު ރާއްޖެ އަތުވެއްޖެއެވެ.
އައީޑާ ކުރީޒް ކުންފުނިން ހިންގާ މި ފަސިންޖަރ ލައިން ހަދާފައިވަނީ ޖަރުމަނުގެ ޕަޕެންބާގް ގެ ޝިޕްޔާޑުގައެވެ. އައީޑާ ބެއްލާ އަށް މިނަން ދެވިފައިވަނީ އެކަމަށްޓަކައި ބޭއްވި މުބާރާތަކަށްފަހުގައެވެ. އެއީ މި ފަސިންޖަރ ލައިންގެ ރީތިކަމަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

390 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަނދެފައިވާ މި ފަސިންޖަރ ލައިނުގައި 1025 ފަސިންޖަރ ކެބިން ހުރެއެވެ. 2005 ވަނަ އަހަރު ބަންނަން ފެށި މި ފަސިންޖަރ ލައިން ބާލައި ދަތުރުކުރަން ފަށާފައިވަނީ 2008 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.
ޖުމްލަ 2500 ފަސިންޖަރުންގެ ޖާގައިގެ މި ފަސިންޖަރ ލައިން ރާއްޖެ އައީ އިއްޔެ އެވެ. ރާއްޖެއިން މިއަދު މި ފަސިންޖަރަ ލައިން ފުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!