ވޯލްޑްކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ދިވެހިރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗަށް ވަދެވޭނީ ދިވެހި 3000 އެއްހާ ސަޕޯޓަރުންނަށްކަމަށް އެފްއޭއެމްހެ ރައީސް ބައްސާމް އަދީލު ޖަލީލު ވިދާޅުވެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ މަރާމާތަށް ބަންދުކޮށްފައިވާ ސިޑިބަރިތައް ބޭނުންކުރުމަށް ހުއްދަ ނުލިބުމުން ރާއްޖެ އާއި ޗައިނާ އެންމެ ފަހުން ރާއްޖޭގައި ބައްދަލުކުރި މެޗުގައިވެސް ވިއްކާފައިވަނީ 3000 ޓިކެޓެވެ. މިފަހަރު 3200 ޓިކެޓު ވިއްކުމަށް ނިންމާފައިވީއިރު އޭގެ ތެރެއިން 200 ޓިކެޓު ވިއްކާނީ ޕިލިޕީންސް ސަޕޯޓަރުންނަށެވެ.
މާދަމާ ހަވީރު 4:00 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. ގުއާމު މެޗަށް ވެސް ޓިކެޓު ވިއްކާނީ މި އަދަދަށެވެ.
ގައުމީ ޓީމަށް ލަފާދޭ ކޮމެޓީގެ ޗެއާމަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގެ އިސްނެންގެވުމަކަށް ޕިލިޕީންސް އަދި ގުއާމް އާއި ދެކޮޅަށް ގަައުމީ ޓީމު ކުޅޭ ދެމެޗަށްވެސް ސިޑިބަރި ބޭނުން ކުރުމުގެ ޙުއްދަ ލިބޭތޯ ބަލާފައެވެ. އެހެންނަމަވެސް އެމްއެންޑީއެފް އިން މި ސިޑިބަރި ބޭނުން ކުރިމުގެ ހުއްދަ ދެއްވާފައި ނުވެއެވެ. ގަލޮޅު ދަނޑުގެ ކެޕޭސިޓީ އަކީ 8000 ސީޓެވެ.
ޢަލީ ވަހީދު ވިދާޅުވީ، މި މެޗު ބެލުމަށް ދަނޑަށް ވަންނަންވާނީ 90 މިނެޓު ހަމަވަންދެން އެއްވާނެއްގައި ސަޕޯޓްކުރެވޭނެވަރުގެ ސަޕޯޓަރުންކަމަށެވެ. މާދަމާ ހަވީރު 4 ޖަހާއިރު މެޗު ފަށާއިރު ރަސްމީ ފުޓްބޯޅަ ދަނޑު 2 ޖަހާއިރު ސަޕޯޓަރުންނަށް ހުޅުވާލަން މަސައްކަތް ކުރައްވާނެކަމަށާއި، މެންދުރު ނަމާދަށްފަހު ދަނޑު ހިމެނޭ މަޖީދީ މަގު ސަރަހައްދުގައި ކެއިން ބުއިމުގެ ކަންތައްތައްވެސް އޮންނާނެކަން ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.
މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!