ގެސްޓްހައުސް ޕްރޮމޯޓް ކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މީހުން ބިނާ ކުރަން ލިމްކޮކޮ ޔުނިވާސިޓީއާއެކު އެއްބަވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި 10 ކަމެއް ހިމެނޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ހައި ރިޒޮލިއުޝަން ޕެނަރޯމާ ފޮޓޯ ނެގުން ހިމެނެ އެވެ. މީގެ އިތުރުން މީހުން ތަމްރީން ކުރުންވެސް ހިމެނެއެވެ.

Ad
rt

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ޕެނަރޯމާ ފޮޓޯ ނެގުމުގެ ބޭނުމަކީ މީހުން ދިރިއުޅޭ ރަށްރަށް ވަކިން އިޝްތިހާރު ކުރުން ކަމުގައެވެ. އަދި މީގެ ސަބަބުން ގެސްޓު ހައުސް ވިޔަފާރި އަށް އިތުރު ކުރިއެރުން އައިސް މީހުން ދިރިއުޅޭ ރަށްރަށަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެ ކަމަށެވެ.

ލިމްކޮކް ޔުނިވާސިޓީއަކީ ދުނިޔޭގައި މިހާތަނަށް ނެގި އެންމެ ބޮޑު ފޮޓޯ ނަގާފައިވާ ޔުނިވާސިޓީ އެވެ. އަދި ލިމްކޮކް ޔުނިވާސިޓީން ވަނީ 2015 އޮގަސްޓް 6 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް، ކުއަލަލަމްޕޫރުގެ ޕެނަރޯމާ ފޮޓޯއެއް ނަގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފަ އެވެ.