ފުލުހުން، ހަނިމާދޫގައި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
ފުލުހުން، ހދ. ހަނިމާދޫ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ކުށްތަކުން ސަލާމަތްވެ ރައްކާތެރިވެތިބުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާ...