މަސްވެރިންގެ ދުވަހާއި ގުޅިގެން ހަނިމާދޫގައި މަސްރޭހެއް ބާއްވަނީ
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫގައި މަސްރޭހެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައި، އެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސްރޭހަކީ ހަނިމާދޫގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފާއިވާ މަސްރޭހެކެވެ. މި މަސްރޭސް ފަށާގޮތަށް ނިންމާފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުއެވެ. މިގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު އޮންނާނީ މި މަސްރޭހުގެ އަންހެން ބައިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ބައިއެވެ....