ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި
ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ”ތިލަދުން”އަށް ހިއްސާކޮށްފައެވެ. ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސް...