އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެ: އައިޝަތު ނަހުލާ
ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީ އެއަރޕޯޓު ވެގެންދާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށި އެއަރޕޯޓު ހުޅުވުމަށްޓަކައި މިއަދު ނަހުލާގެ އުފަން ރަށުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ހޯރަފުއްޓާއި އަދި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައިސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ. ބޮޑު ތިލަދުންމައްޗައް މި ލިބުނު ތަރައްގީގެ މަންފ...