މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,961 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އުތުރުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި
Raajje

އުތުރުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. މި ޔެލޯ އެލާޓުގެ ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ […]

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ހަނގާކުރުމުން ދުރުވެ ތިބުމަށް އިލްތިމާސެއް
Raajje

ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ހަނގާކުރުމުން ދުރުވެ ތިބުމަށް އިލްތިމާސެއް

ޤާނޫނީ ވަކީލުން އެއްބައަކު އަނެއް ބައަކަށް ފުރައްސާރަކުރުމާއި ހަނގާކުރުމުން ދުރުވެ ތިބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިލްތިމާސް ކުރަށްވައިފިއެވެ. ބާ ކައުންސިލުން މިގޮތަށް އިލްތިމާސް ކުރެއްވީ، ޤާނޫނީ ވަކީލުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނީ ފަންނާއި ޢާންމު ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާއި ގުޅޭ ގޮތުންނެރުނު އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބާ ކައުންސިލް ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިއާއި އެހެނިހެން ޕްރައިވެޓް ގްރޫޕްތަކުގައި ޤާނޫނީ ވަކީލުން އެ...

ދިރިއުޅުމުގެ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު: މެޑަމް ފަޒްނާ
Raajje

ދިރިއުޅުމުގެ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމު: މެޑަމް ފަޒްނާ

އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޔޫއެންއެފްޕީއޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން “ސާސްތްރަ” ޕްރޮގްރާމްގެ އެންމެ ފަހު އެޕިސ...

ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ
Thiladhunmathi News

ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެ

ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރިއްޖެއެވެ. އެ ދޯނި އުރުމުގެ ސަބަބުން މިހާރު ސިފައިން އަންނަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ސިފައިން ވިދާޅުވި ގޮތުގައި އެ ދޯނި އުރުނުކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ ރޭ 20:51 ހާއިރުއެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެ ދޯނީގައި 3 ފަޅުވެރިން އެބަތިއްބެވެ. އެއީ ދިވެއްސަކާއި، ދެ ބިދޭސީންނެވެ. އެ ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތުން […]

ތިމާ ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ: އިބްރާހީމް ރަޝީދު
Raajje

ތިމާ ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ: އިބްރާހީމް ރަޝީދު

ތިމާމެން ނުރުހޭ ކޮންމެ މީހެއްގެ ގައިގާ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ލޭބަލް އެޅުވުމާއި، ނުރުހޭ ކޮންމެ މުއައްސަސާއަކީ ވެސް އެފިކުރަށް ތާއީދުކުރާ ބައެއްކަމަށް ހެދުން ހުއްޓާލަންވެއްޖެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވ...

ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
Raajje

ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ. އެ ފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުން 4 ލައްކަ ރުފިޔާއިންކަމަށް ކަމަށް އ...

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް
Thiladhunmathi News

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާއި ދެކޮޅަށް ނޮޅިވަރަމްގައި ހިނގާލުމެއް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ހދ. ނޮޅިވަރަމްގައި އިއްޔެ ހިނގާލުމެއް ބާއްވައިފިއެވެ. “ސެކިއުލަރ ބިލާ ދެކޮޅަށް ނޮޅިވަރަން ހިނގައިލުން” ނަމުގައި އިއްޔެ ހަވީރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ބައިވެރިވި އެރަށުގެ ރަށްޔަތުން ވަނީ އެ ބިލުގައި ހުރިކަންބޮޑުވުންތައް ހާމަކޮށް އެ ރައްޔިތުންގެ ޝުއޫރު ފާޅުކޮށްފައެވެ. އެ ހިނގާލުމުގެ ބައިވެރިން އެ ބިލާއި ދެކޮޅުކަން އަންގައިދޭ އި...

ސިޓީ ކައުންސިލުން އެދުނު ކަންކަމަށް ރައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް: އާތިފް
Thiladhunmathi News

ސިޓީ ކައުންސިލުން އެދުނު ކަންކަމަށް ރައީސް ދެއްވީ އުންމީދީ ޖަވާބުތަކެއް: އާތިފް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއިއެކު އިއްޔެ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު 8 ކަމެއް ރައީސަށް ހުށަހެޅުއްވިކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. އޮންލައިންކޮން އިއްޔެ ކުރިއަށްދިޔަ މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ޞާލިޙަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅު މައުގަނޑު ކަންކަމުގެ ގޮތުގައި މޭޔަ...

ރާއްޖޭގެ ރިޒާވް 926 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
Business

ރާއްޖޭގެ ރިޒާވް 926 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

ރާއްޖޭގެ ރިޒާވް 926.1 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ. އެމްއެމްއޭއިން ހާމަކުރަށްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މެއިމަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިގޮތުން މެއި މަހުގެ ރިޒާވްގައި ހުރި 926.1 މިލިއަން ޑޮލަރަކީ މިއަހަރުގެ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިއަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރި...

ކޮލަމްބޯގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
Raajje

ކޮލަމްބޯގެ ދެކުނުން 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިއީ 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ، މިރޭ 20:06 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ، ރާއްޖެއާއި 948 ކިލޯ މީޓަރުގެ ދުރުންނެވެ. އަދި މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ އިންޑިއާ ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވީ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށެވެ.

ދުނިޔެމަތީ އަދަބު ދެވިދާނެ، އިރާދަކުރެއްވިއްޔާ ނިކަމެތި ކަމެއް ނުލިބޭނެ: ޑރ. އިޔާޒް
Raajje

ދުނިޔެމަތީ އަދަބު ދެވިދާނެ، އިރާދަކުރެއްވިއްޔާ ނިކަމެތި ކަމެއް ނުލިބޭނެ: ޑރ. އިޔާޒް

މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ. ޑރ. އި...

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި
Raajje

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު ކުރިމަތިލައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ސީއެސްސީން ޢާންމުކޮށް ހުޅުވާލީ ޖޫން 20 ވަނަ ދުވަހުއެވެ. އެ އިދާރ...

އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި
Thiladhunmathi News

އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި

ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް “ސާފު މިލަންދޫ މަގޭ ޒިންމާ” ނަމުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މ...

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން
Thiladhunmathi News

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން

ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ. ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައ...