މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,962 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޓެސްޓު ހަދާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ، ނަތީޖާ ލިބުން ލަސްވުން އެކަށީގެންވޭ: އެޗްޕީއޭ
Raajje

ޓެސްޓު ހަދާ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ، ނަތީޖާ ލިބުން ލަސްވުން އެކަށީގެންވޭ: އެޗްޕީއޭ

މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ރަށްތަކަށް ދަތުރުކުރުމަށް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާތީ، ނަތީޖާ ލިބުމުގައި ލަސްކަމެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާ ކަމަށްޓަކައި މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފަވެއެވެ....

އެސްޑީއެފްސީ އޮފީސް ފަޅާލައިފި
Raajje

އެސްޑީއެފްސީ އޮފީސް ފަޅާލައިފި

އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮފީސް ފަޅާލައިފި އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރު ކޮށްދޭ އެސްޑީއެފްސީ ފަޅާލައި، ވައްކަން ކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ މިއަދު ހެނދުނު ފުލުހަށް ރިޕޯޓް ކޮށްފައިވަނީ 8:56 ގަ އެވެ. ފުލުހުންގެ ވިދާޅުވީ އެތަނުގައި މިހާރު ހަރަކާތްތެރި ވަމުން ގެންދަވާ ކަމަށެވެ. އެސްޑީއެފްސީ ފަޅާލި ނަމަވެސް އެތަނުން ވަގަށް ގެންދިޔަ ތަކެތީގެ އެއްވެސް މައުލޫމާތެއް އަދި ލިބި...

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި
Raajje

އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮޑިޓަރ ޖެނެރަލް ކަމުގެ ‌‏މަޤާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، ‌‏އެމަނިކުފާނަށް މަޤާމުގެ ‌‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ‏ ‌‌‌‏ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވ...

ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއްނެތް: ސުޕްރީމް ކޯޓް
Raajje

ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއްނެތް: ސުޕްރީމް ކޯޓް

ބައިނަލްއަޤުވާމީ ފަރާތެއްގެ މައްޗަށް ރައްދުވާގޮތަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީ އެއްގެ މައްޗަށް ނެރޭ އަމުރުތައް އިނގިރޭސި ބަހުން އޮތުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ. މިކަން އަންގާފައި ވަނީ، މިކަމާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއި ކުރައްވާ ޝަރުޢީ ކޯޓުތަކަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުއްވި ” ޕްރެކްޓިސް ޑައިރެކްޝަން” އެއްގަ އެވެ. މި ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯ...

ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން
Thiladhunmathi News

ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވީ ހދ. އަތޮޅުގެ 11 ރަށެއްގެ ކައުންސިލުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ […]

ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކަށް 300 އެއްހައި ފުލުހުން އަހުލުވެރިކޮށްފި
Raajje

ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކަށް 300 އެއްހައި ފުލުހުން އަހުލުވެރިކޮށްފި

ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކަށް 300 އެއްހައި ފުލުހުން އަހުލުވެރިކޮށް މައުލޫމާތު ފޯރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ހުކުރުދުވަހުގެ ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދިޔަ ރާއްޖެ މިއަދު ޕްރޮގްރާމްގައި، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްއާން އަހުމަދު އަދި އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޞަފްވަތު ރައޫފް...

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި
Raajje

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކ...

އިކޮނޮމީ ކްލާހުން ބޭރަށް ފުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާދޭ: އަމީރު
Raajje

އިކޮނޮމީ ކްލާހުން ބޭރަށް ފުރާ ދިވެހިން އަތުން ނަގާ ފީއަށް ބަދަލެއް ނާދޭ: އަމީރު

އިކޮނޮމީ ކްލާހުން ރާއްޖެއިން ބޭރަށްފުރާ ދިވެހިންގެ އަތުން ނަގަމުން އަންނަ އެއްވެސް ފީއަކަށް ބަދަލު އައިސްފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަސްދީޤު ކުރަށްވާފައެވެ. އެ ޤާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ރާއްޖޭން ބޭރަށް ފުރާ ދިވެހިންގެ އަތުން ނަގާ ފީވެސ...

ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުނު މީހުން ދަފްތަރުން އުނިކުރަނީ
Raajje

ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުނު މީހުން ދަފްތަރުން އުނިކުރަނީ

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ މީހުން ދަފްތަރުން އުނިކުރަން ނިންމާފައިވާ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު، ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި ފަރާތްތައް ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. “މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއި...

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ
Raajje

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދިޔަ މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު މިބަލީގައި ނިޔާވެފައިވަނީ 59 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 03:05 ހާއިރުކަމަށް ބުނެއެވެ. މިއީށ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާއެވެ. At 03:05 am (011/07/21) a 59-year-old Maldivian female admitted at Sh. Covid Management Facility has […]

ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ
Raajje

ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަން ތަކެއް ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ވީއައިއޭއިން ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލައެއް މިއަދު ހެނދުނު 09:52 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމެއް ކަމަށެވެ. ވަޒަންތައް ފެނިފައިވަނީ ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ ނެމްބިއާގެ ފަތުރުވެރިއެއްގެ އަތުންނެވެ. އަދި އެމީހާއަކީ 60 އަހަރުގެ ފިރިހެނެކެވެ. “ވަޒަންތަކާގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމ...

މިއަދު ވެސް އުތުރުން ފެށިގެން ބޮޑު ބަޔަކަށް މޫސުން ގޯސް!
Raajje

މިއަދު ވެސް އުތުރުން ފެށިގެން ބޮޑު ބަޔަކަށް މޫސުން ގޯސް!

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00 އާއި ހަމައަށެވެ. މޫސުމާބެހޭ ގައުމީ އިދާރާގެ ޔެލޯ އެލާޓްގެ މެސެޖުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި މެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި މި ސަރަޙައްދުތަކަށް އުދަ އެރުން ވެސް އެކަށީގެން ވާ ކަމަށް […]

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އުފެއްދި ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފި
Raajje

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އުފެއްދި ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފި

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫންގެ ނިޔަލަށް ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމަވައިފިއެވެ. ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލ...

މޫސުން އަދިވެސް ގޯސްވާނެ، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި
Raajje

މޫސުން އަދިވެސް ގޯސްވާނެ، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިން ނެރެފައިވާ އެލާޓްގެ ވަގުތު މިއަދުގެ މެންދުރުފަހު 15:00 އަށް ހަމަވެއެވެ. އެހެންކަމުން މޫސުން އަދި ވެސް ގޯސްވާނެތީ އެ އެލާޓްގެ ވަގުތު މިރޭ 19:00 އާއި ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާގެ މި ސަމާލުގައިވަނީ […]

ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި
Raajje

ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި

ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅުކައިރިން ދިޔަ ދެ މީހަކު، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އިތުރު ތަފްޞީލެއް ފުލުހުން ހާމ...