ޝާހިދުގެ އިންޑިއާ ދަތުރުފުޅުގައި އެމްއޯޔޫތަކެއްގައި ސޮއިކުރަނީ
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންފައިވާ ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲގެ ޝާހިދު މިހާރު އަވަށްޓެރި އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކެއްގައި ސޮއި ކުރައްވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. މިއީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިހާބުވެވަޑައިގެންފަހުން، މަގާމުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރަށްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނ...