މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,963 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ
Raajje

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […]

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް
Thiladhunmathi News

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް

ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ތަކަންދޫން ޕޮޒިޓިވްވީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އޭނާ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެއެވެ. ޕޮޒިޓިވްވިކަން އިނގުނީ މިއަދު އެވެ. އެރަށުން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިއިން ދުވަހަކު ދަތުރެއް ވެސް ނުކޮށް ރަށުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ހާސްކަން ކުރިމަތިވެފައިކަމަށެވެ. އަދި މި ދުވަސްވަރަކީ […]

ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފި

ހދ. ކުމުންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ކުރެހުމުގެ މުބާރާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ކުރެހުމުގެ މުބާރާތަކީ މިދިޔަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތް އަމާޒުކޮށްފައި ވަނީ ކުމުންދޫ ސްކޫލްގެ ދަރިވަރުންނަށެވެ. މި މުބާރާތުގެ މަޢުލޫއަކީ “މިނިވަން ދުވަސް”އެވެ. މިގޮތުން މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، އެ ސްކޫލުގެ ކީސްޓޭޖް 01، ކީސްޓޭޖް 02، ކީސްޓޭޖް 03، ކީސްޓޭޖް 04 ޖުމްލަ ހަތަރު ބަޔަކަށް ބަހާލައިގެން އެ […...

މާލޭގައި، ވިލިމާލޭގެ ރައްޔިތުނަށް ހާއްސަ ޕާކިން ޒޯނެއް
Raajje

މާލޭގައި، ވިލިމާލޭގެ ރައްޔިތުނަށް ހާއްސަ ޕާކިން ޒޯނެއް

މާލޭ ސިޓީގެ ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ. މާލޭގެ ހުޅަނގު ފަރާތުން ސުނާމީ ބިނާ މައިޒާން ކުރިމަތިން ބޮޑުތަކުރުފާނުމަގުގައި ތަރައްގީކޮށްފައިވާ މި ޕާކިން ޒޯނަކީ، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަރައްޤީކުރި ޕާކިން ޒޯންއެކެވެ. މި ޕާކިންގ ޒޯން ގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 20 ޖާގަ ހަދާފައިވާއިރު، މިތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ޒޯނުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަ...

ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެ

ކުޅުދުއްފުށީ ސިޓީގައި، ފެނަކަ ތެޔޮ ބައުޒަރެއްގައި ރޯވެއްޖެއެވެ. ފެނަކައިން ވިދާޅުވިގޮތުގައި އެއީ އެ ކުންފުނިން ޑީސަލް އުފުލުމަށް ބޭނުންކުރާ ބައުޒަރެކެވެ. އެ ހާދިސާ ހިނގީ ޑީސަލް ރީފިލް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި، އެއްވެސް މީހަކަށް މިހާދިސާގައި ގެއްލުން ނުވާކަމަށް ފެނަކައިން ވިދާޅުވެއެވެ. ނަމަވެސް ބައުޒަރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑިއެފް ނޯދަން އޭރިއާއަށް 11:55...

ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ
Raajje

ޖަލު ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދަނީ

ޖަލުތަކުގެ ފާރުމަތިން މަސްތުވާތަކެތި އުކާ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލަށް ވައްދަން މަސައްކަތްކުރި މަސްތުވާތަކެތިތަކެއް ޖަލު އޮފިސަރުން އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތި އަތުލައިގެންފައި ވަނީ، ‏ރޭ ލިބުނު މައުލޫމާތަކާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. “‏ރޭ ލ...

ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް
Thiladhunmathi News

ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން އެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުލަބް ހައުސް މެދުވެރިކޮށް ބައްދަލުވުން ތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުން ތަކުގައި އެސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން ކުޅުދުއްފުށީ ސިޓީ...

ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް
Raajje

ދިވެހިންގެ ޤައުމީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުން: ރައީސް

ދިވެހި ރައްޔިތުންގެ ޤައުމީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ތަރަހައަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް، މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްވި ޚިޠާބުގައެވެ. މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކ...

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ
Raajje

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވެއްޖެ

ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ދިޔަވަމުން ދިޔަ ދޯންޏަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެކެވެ. މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވާ ވަނީ ރޭ 00:55 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. މި ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގު...

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި
Raajje

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި އަދި ޓޮނިކް ނައްތާލައިފިއެވެ. މި ތަކެތި ނައްތާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު، ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ. ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12،013.32 ލީޓަރުގެ ބަނގުއާތްވާއި 3،535 ލީޓަރުގެ ޓޮނިކް ހިމެނޭ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ...

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި
Raajje

ކޯވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 219 އަށް އަރައިފި

ކޯވިޑް-19 ބަލީގައި ރާއްޖެއިން 60 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ 11:43 ގައެވެ. މިއީ ރާއްޖޭން މިބަލީގައި ނިޔާވި 219 ވަނަ މީހާއެވެ. ރާއްޖޭން މިބަލީގައި މީހަކު ނިޔާވިކަން އެންމެ ފަހުން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އެއީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. މިހާތަނަށް ރާއްޖޭން […]

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ
Raajje

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން: ރޮޒޭނާ

ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަމެއްނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. ރޮޒައިނާ މިހެން ވިދާޅުވީ، އޭނާ ވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގައެވެ. ރޮޒައިނާ ވިދާޅުވީ، ހުރިހާ ކަންކަމަކީ އަޑު ގަދަކޮށް، އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަންނޫން ކަމަށެވެ. އަދި ބައެއް ކަންކަން ރަނގަޅުކުރަން ރަނގަޅު ގޮތްތައް ރާވައިގެން ވިސްނުންތެރިކަން އިސްކ...

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި
Thiladhunmathi News

ހޯދަމުންދިޔަ މިސްބާހް ރާއްޖެ އައުމުން ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރު، މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދު މިއަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް މިއަދު މާލެ އައިސްފައިވާ ކަމަށެވެ. އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރުމުގެ އިދާރީ މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. […]

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ
Raajje

ހުޅުމާލޭގައި ބާރުގަދަ އެއްޗެއް ގޮވި އަޑު އިވިގެން ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވުމާއި ގުޅިގެން އެ އިދާރާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ހުސްބިން ހިމެނޭ ސަރަހައްދުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. “މިކަމާއި ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވޭ” ފުލުހުން މީޑ...