މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަދީފި
މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ލުއިދޭން ނިންމަވާފައިވާތީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރެވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މިރޭ ފަތިހުން ފެށިގެން މި ނިންމުމަށް އަމަލުކުރަން ފަށާއިރު، ރައްކާ...