މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,979 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް
Thiladhunmathi News

ކުޅުދުއްފުށީ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ގަރާޖެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ރޯވީ ކުޅުދުއްފުށީ ސިޓީގައި ހުންނަ “މެސްކޮޓް ގަރާޖް” ގައެވެ. އެ ގަރާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާރު ވަނީ ނިއްވާލާފައެވެ. މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 02:48 ހާއިރުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު [...

އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަޠު ހުޅުވާލާފައެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވ...

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެ
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 250 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ މީހަކާއި، 90 އަހަރުގެ މީހެކެވެ. މީގެތެރެއިން ނިޔާވި އުމުރުން 54 މީހާއަކީ، ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އެއީ ދިވެހި އަންހެނެކެވެ. ނިޔާވި 90 އަހަރުގެ […]

ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރަނީ
Thiladhunmathi News

ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ދޫކުރަނީ

ހއ. ބާރަށު ސިނާޢީ ސަރަޙައްދުން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ބާރަށު ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ، ތެލުގެ ވިޔަފާރިކުރުމާއި، މަހުގެ ބާވަތްތައް އުފެއްދުމާއި، ވޯރކްޝޮޕް ހިންގުމާއި ގުދަން އަދި ވަޑާންގެ ހެދެމަށުމަށެވެ. އެހެންކަމުން އެ ސަރަހައްދުން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ، ޝަރުތުހަމަވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުމަށްފަހު ބީލަން ހުށަހެޅުމަށް ބާރަށު ކައުންސިލުން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ....

ފީވަކު އަންހެނުންގެ ކޮމިޓީން ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ފަށައިފި
Thiladhunmathi News

ފީވަކު އަންހެނުންގެ ކޮމިޓީން ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް ފަށައިފި

ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހިންގާ ކޭކު ކޯހަކާއި، ޕޭސްޓްރީ ކޯސް އިއްޔެ ފަށައިފިއެވެ. “ބަޓާރ ކްރީމް އެންޑް ޕޭސްޓްރީ ކޯސް ވިތް ޝާޒީ”ގެ ނަމުގައި ކުރިޔަށް ގެންދާ މި ކޯސްތަކަކީ، ފީވަކު ކަނބަލުންނަށް ޚާއްޞަކޮށްގެން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ކޯހެވެ. ބަޓާރ ކްރީމް ކޯހުގައި 11 ބައިވެރިން އަދި ޕޭސްޓްރީ ކޯހުގައި 11 ބައިވެރިން ބައިވެރި ވެފައިވާ، މި ކޯހުގައި ޖުމްލަ 22 ބައިވެރިން ވަނީ […]

މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ
Thiladhunmathi News

މާލޭގައި ދިރިއުޅޭ ކެލާ ރައްޔިތުންނާ ކައުންސިލުން މާދަމާރޭ ބައްދަލުކުރަނީ

މާލޭ ސިޓީގައި ދިރިއުޅޭ ހއ. ކެލާ ރައްޔިތުންނާއި، އެރަށު ކައުންސިލުން މާދަމާރޭ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. ކެލާ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 21:00ގައި މާލޭގެ އިސްކަންދަރު ސްކޫލްގައި ކަމަށެވެ. މިބައްދަލުވުމާއިގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާލުމަށް “ތިލަދުން”އިން ގުޅާލުމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ވިދާޅުވީ، އެރަށު އާބާދީގެ ބޮޑުބައެއް މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުންފަދަ ރަށާއިގުޅޭ މުހިންމު ކަންކަމުގައި އެ ސަ...

މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށްފި
Raajje

މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށްފި

މާލޭ މުނިސިޕަލްޓީއަށާއި، ސިޓީ ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ. މިގޮތުން މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވަނީ، މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވި ފަރާތްތަކާއި، މާލޭ ސިޓީގެ މޭޔަރކަން ކުރެއްވި ފަރާތްތަކާއި، ކައުންސިލަރުކަން ކުރެއްވި ފަރާތްތަކައް ހަނދާނީ ފިލައަކާއި ސެޓްފިކެޓެއް...

މިނިސްޓަރ މާރިޔާ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފި
Raajje

މިނިސްޓަރ މާރިޔާ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފި

ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިނިސްޓަރ އޮފް ޑިފެންސް މާރިޔާ މިހާރު ގެންދަވަނީ، އަވަށްޓެރި އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް އެ ޤައުމަށް ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް އެކަމަނާ ޝަރަފުވެރިކޮށްދެއްވާފައިވާއިރު މިއީ މި ޕެރޭޑް ބޭރު ޤައުމެއ...

ކޯވިޑްގެ އާ ވޭރިއަންޓަކީ ބޮޑު ކަންބޮޑުވުމެއް، އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާކުރާނެ
Raajje

ކޯވިޑްގެ އާ ވޭރިއަންޓަކީ ބޮޑު ކަންބޮޑުވުމެއް، އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާކުރާނެ

ކޯވިޑް-19ގެ އާ ވޭރިއަންޓް، “އޮމިކްރޯން”އަކީ ބޮޑުކަންބޮޑުވުމެއް ކަމަށާއި، އެ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް) ބައްދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކޯވިޑްގެ އާ ވޭރިއަންޓް، “އޮމިކްރޯން”އާމެދު ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާ ޓެގް ޓީމުން މިއަދު ކުރިއަށް ގެންދާނެކަން ފާހަގަކުރަށްވައި، ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް މިހާރު ކ...

ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި
Thiladhunmathi News

ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ޖުޑިޝަލް ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މިގޮތުން ޖޭއެސްސީއިން ކުރި ޢިއުލާނެއްގައި ވި ދާޅުވީ، މި މަޤާމަކީ ހއ. ޖުޑީޝަލް ދާއިރާގައި މަސައްކަތް ކުރައްވާ މެޖިސްޓްރޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ. މި މަޤާމުގެ ޝަރުޠެއްކަމަށް ކަނޑައަޅާފައި ވަނީ ވެސް، މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހއ. ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަޤާމު އަދާކުރަމު...

ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ވޯކްޝޮޕެއް
Raajje

ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ވޯކްޝޮޕެއް

ލޯކަލް ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން،...

އޯޑީގެ މުއްދަތު އިތުުރުކޮށްދީފި
Parliament

އޯޑީގެ މުއްދަތު އިތުުރުކޮށްދީފި

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ. މިގޮތުން ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދިގު ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްރީ 42 މެންބަރުންގެ ވޯޓުންނެވެ. މުއްދަތު އިތުރުކުރުމަށް...

ނޮޅިވަރަމް ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް
Thiladhunmathi News

ނޮޅިވަރަމް ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް

ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ފަންނީ މަޢްލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް ހިންގައިފިއެވެ. މިއީ އެގްރޯނެޓް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ކުރިއަށް ގެންދިޔަ މިތަމްރީން ޕްރޮގްރާމެކެވެ. ޢަމަލީ މަސައްކަތާއެކު ހިންގުނު މިތަމްރީން ޙަރަކާތުގައި، ގަސް އިންދުމަށް ބެޑް ހަދާނެގޮތާއި، މުޑުވައްކުރާނެ ގޮތާ އަދި ގަސްކާނާ ބޭނުންކުރާނެ ގޮތާބެހޭ މައުލޫމާތު ދީފަވެއެވެ. މީގެއިތުރުން ޢާންމުކޮށް ގަސްގަހަށް ޖެހޭ ބަލިތަކާ، އެފަދަ ބަލިތަކަށް ބޭސްދިނުމާ ބަލިތަކުން ރައްކާތެރިވާނެ ގޮތްތަކ...

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...