ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތް: މިނިސްޓްރީ
ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއް ނެތްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ. އެޑިޔުކޭޝަން މިނިސްޓްރީއިން މިހެން ވިދާޅުވީ، ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި...