ނިޝާހް، ގެނބުނު ކުއްޖަކު ސަލާމަތް ކުރުމުގައި ގަދަ ހިތްވަރާއި ނަމޫނާދެއްކި
އދ. މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއި އަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ހިނގި ހާދިސާގައި އިއްޔެ ނިޔާވި ނިޝާހް ޢަބްދުލް ޣަފޫރަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެކެވެ. ފުލުހުންގެ ޚިދުމަތުން، ރޭ 21:06 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މައުލޫމާތު ރޭ 18:54 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މަހިބަދޫ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ އެމީހާއަ...