މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,283 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް
Raajje

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް

މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ. ” ބޮޑީ ކ...

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން
Raajje

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ. ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކ...

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި
Raajje

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެދެއްވައި، އެއީ ”ލައްކަވާހަކަ” ކަމަށް ވިދާޅުވެއްޖެއެވެ. މައުސޫމް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ، 3 ރައީސުންގެ ވެރިކަމުގައި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީ ކުރެވުނީ 521 ގެސްޓު ހައުސް ކަމަށެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަ...

އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓު %4.5 އަށްވުރެ ދަށްކުރަށްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ފެންނަމުން ދަނީ ރާއްޖޭގެ ބޭންކްތަކުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ...

ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް
Raajje

ޞާލިހަށް ޕްރައިމަރީ ގެއްލިއްޖެނަމަ ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ހުއްޓިދާނެކަމުގެ ބިރު އެބައޮތް: ޝަރީފް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައ...

ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ
Raajje

ވެރިކަމަށް އާދެވޭނީ އިބޫ ހޮވައިގެން، ވެރިކަން ނުލިބިއްޖެނަމަ މެންބަރުން މަގުމަތިވާނެ: ރޮޒައިނާ

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރެވޭނީ ހޮނިހިރު ދުވަހުގެ ޕްރައިމަރީގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހޮވައިގެން ކަމަށާއި، ވެރިކަން ނުލިބިއްޖެނަމަ ޕާޓީގެ އާންމު މެންބަރުން މަގުމަތިވާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައް...

ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނަން: ނަޝީދު
Raajje

ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނަން: ނަޝީދު

އެމަނިކުފާނުގެ ވެރިކަމެއްގައި ތަކެތީގެ އަގު ކުޑަކޮށްދީ ޓެކްސްތައް ކުޑަކުރާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ރޭ  މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގަޑިއެއްހާ އިރަށް ރޭ ދެމިގެން ދިޔަ މި ޖަލްސާ ގެންދެވީ ތަފާތުކޮށެވެ. އެ ޖަލްސާގައި ވާހަކަ ދެއްކެވީ ނަޝީދު ހަމައެކަނި ނަޝީދެވެ. ނަޝީދުގެ ވާހަކަފުޅ...

ބޮޑުތިލަދުންމަތީގެ އެމްޑީޕީ މެންބަރުން ތިބީ ޞާލިޙަށް ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި: ޝާހިދު
Thiladhunmathi News

ބޮޑުތިލަދުންމަތީގެ އެމްޑީޕީ މެންބަރުން ތިބީ ޞާލިޙަށް ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި: ޝާހިދު

ބޮޑުތިލަދުންމަތީގެ ހއ. ހދ. އަދި ށ. އަތޮޅުގެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކެތްމަދުވެފައި ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ޞާލިޙްގެ ކެމްޕޭނުގެ ފަރާތުން އެ އަތޮޅުތައް ބެލެހެއްޓެވުމާއި އިސްކޮށް ހަވާލުވެހުންނެވި ޝާހިދު މިހެން ވިދާޅުވީ އެ އަތޮޅުތަކުގެ އަތޮޅުގެ މާލޭގެ ފޯކަލް ޕޮއިންޓުންނާ އިއްޔެ ބައްދަލު ކުރެއްވު...

ނަޝީދަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ މައުލޫމާތު ލިބަފައެއްނެތް: އެމްއެންޑީއެފް
Raajje

ނަޝީދަށް ނުރައްކަލެއް އަތުވެދާނެ ކަމުގެ މައުލޫމާތު ލިބަފައެއްނެތް: އެމްއެންޑީއެފް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އަތުވެދާނެކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ސަލާމަތީކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އެމްއެންޑީއެފުންނެވެ. އެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ރޭގެ ޖަލްސާގައި...

އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް
Raajje

އެމްއެންޕީގެ ސަރުކާރެއްގައި 15.42ރ އަށް ޑޮލަރު ގަންނަން ލިބޭނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އާންމުކޮށް ޑޮލަރު ގަންނަން ލިބޭ ރޭޓް 15.42 އަށް ހަދާނެކަމުގައި  އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ”ރައްޔިތުންގެ އުދާސް”ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މިއަދުގެ ހަޤީޤީ ޑޮލަރު ރޭޓަކީ 17.35 ރުފިޔާ ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރާ މީހާއަށް ފައިދާ އެވަނ...

ހޮނިހިރު ދުވަހު ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު ޝައްކެތްނެތް: ނަޝީދު
Raajje

ހޮނިހިރު ދުވަހު ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު ޝައްކެތްނެތް: ނަޝީދު

ހޮނިހިރު ދުވަހު އޮންނަ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެެ ރިޔާސީ ޕްރައިމަރީގައި ނަގާވޯޓު ކާމިޔާބުވާނެ ކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް އެ ޕްރައިމަރީގައި ވާދަކުރަށްވާ އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭ  މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެވަނީ ބަދަލުވެފައި ކަމަށާއި، އެއީ މާކުރިން ފަށައިގެން އުނދަގޫ ގޮންޖެހުންތައް ކުރ...

ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތެއް ލިބިފައެއްނެތް: ފުލުހުން
Raajje

ނަޝީދުގެ ކެމްޕެއިން ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތެއް ލިބިފައެއްނެތް: ފުލުހުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމަވާލައްވަން އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ގަޑިއެއްހާއިރަށް ދެމިގެން ދިޔަ އެ ޖަލްސާ ނިންމާލުމުން އެ ޖަލްސާ ކުރުކޮށްލީ ސަލާމަތީ ސަަބަބުތަކަކަށްޓަކައި ކަމަށް ބައެއް މީޑިއާތަކުން...

ކެންޑިޑޭޓެއް ނެގިދާނެ، އެކަމަކު ޕާޓީއަށް ވެރިކަމަށް އާދެވޭނީ ކާކު ހޮވައިގެންތޯ ވިސްނަންޖެހޭ: ރައީސް
Raajje

ކެންޑިޑޭޓެއް ނެގިދާނެ، އެކަމަކު ޕާޓީއަށް ވެރިކަމަށް އާދެވޭނީ ކާކު ހޮވައިގެންތޯ ވިސްނަންޖެހޭ: ރައީސް

ހޮނިހިރު ދުވަހު އޮންނަ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު، ޕާޓީ ވެރިކަމަށް ގެނެސްދެވޭނީ ކޮން ކެންޑިޑޭޓެއް ހޮވައިގެންތޯ ޕާޓީގެ މެންބަރުން ވިސްނަންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާލެވުމަށް މިރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދާ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިވެރިކަމުގައި ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކ...

ހުޅުމާލެ ހިޔާ ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް
Raajje

ހުޅުމާލެ ހިޔާ ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް

ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ހިޔާގެ 16 ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް މިއަދު ހުޅުވައިފިއެވެ. މިކްލިނިކް ހުޅުވުމަށް މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި ކްލިނިކް ހުޅުއްވައިދެއްވީ ނައިބު ރައީސް ޞަލް ނަސީމެވެ. މި ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ނައިބު ރައީސް ފައިސަލް ވަނީ، މި ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ. ހިޔާގެ 16 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި […]

އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް: ހީނާ
Raajje

އެމްޑީޕީގެ ޕްރައިމަރީއަށް އިދިކޮޅުގެ އެއްވެސް ޝައުގެއްނެތް: ހީނާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެއްވެސް ޝައުގެއް ނެތްކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްކެވިވާހަކަފުޅުގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމު...