މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ.

އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ.

Ad
rt

މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 38.90 އިންސައްތައެވެ.

މި އިންތިޚާބުގެ ބާތިލު ވޯޓުގެ އަދަދަކީ 680 އެވެ. ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 40،887 އެވެ. އެއީ އިންސައްތައިންނަމަ 71.41 އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ޢަދަދަކީ 57،255 އެވެ.

މި އިންތިޚާބުގައި ސިޓީ ތަކަށް ބަލާއިރު ކުޅުދުއްފުށީ ސިޓީން ކުރި ހޯއްދެވީ ރައީސް ނަޝީދެވެ. މާލެ ސިޓީންނާއި، އައްޑޫ ސިޓީންނާއި އަދި ފުވައްމުލައްސިޓީން ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ.