Skip to main content
Topic Archive

#ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

12 Stories filed
އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން
Raajje

އިބޫގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް، ނަޝީދު ޕޯސްޓްކުރެއްވީ ''ނަނާ ހުވަފެން ދުށީމޭ'' ޅެން

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް މަޝްވަރާތައް ފައްޓަވާފައިވާކަމުގެ ރިޕޯޓާއެކު، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުޙައްމަދު ނަޝީދު ”ނަނާ ހުވަފެން” ޅެން މީސް މީޑިއާއަށް ދޫކޮށްލައިފިއެވެ. ރިޔަސީ ޓިކެޓަށް ވާދަކުރެއްވުމަށް އިބޫ ފުޅާދާއިރާއެއްގައި މަޝްވަރާކުރަށްވަމުންގެންދަވާކަމަށް އަޑުތައް ފެތުރުނީ މިއަދުއެވެ. އިބޫ ފެކްޝަންގެ ބައެއް...

މޮރިޝަސް ބޮޑުވަޒީރަށް ކުރީގެ ރައީސް ފޮނުއްވި ސިޓީ ހާމަކޮށްފި
Raajje

މޮރިޝަސް ބޮޑުވަޒީރަށް ކުރީގެ ރައީސް ފޮނުއްވި ސިޓީ ހާމަކޮށްފި

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ސަރުކާރުން އާންމުކޮށްފިއެވެ. އެ ސިޓީ ހާމަކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ސިޓީ އާންމުކޮށްފައި ވަނީ ސަރުކާރުން މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. މިއަދު ސަރުކާރުން އެ ސިޓީ ހާމަކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި މީސްމީޑިއާގައި ވަނީ އެ ސިޓީ ކަމަށް ބުނާ ސީޓީއެއް ލީކު ކޮށްލާފައެވެ. މިއަދު ސަރުކާރުން […]

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤ...

ރައީސް މާފު ދެއްވުމުން އަދީބާއި ޒިޔަތު ސަލާމަތްވެއްޖެ
Raajje

ރައީސް މާފު ދެއްވުމުން އަދީބާއި ޒިޔަތު ސަލާމަތްވެއްޖެ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވައިފިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ދައުލަތާއެކު...

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ދިޔައީ މިފަހަރު އެކަންޏެއްނޫން: މައުމޫން
Raajje

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ދިޔައީ މިފަހަރު އެކަންޏެއްނޫން: މައުމޫން

1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ޤައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައ...

ރައްޔިތުން ވެރިކަން ހަވާލުކުރިއިރު ގައުމު އޮތް ހާލަތަށް ހެޔޮ ބަދަލު ގެނެވިއްޖެ: ރައީސް
Raajje

ރައްޔިތުން ވެރިކަން ހަވާލުކުރިއިރު ގައުމު އޮތް ހާލަތަށް ހެޔޮ ބަދަލު ގެނެވިއްޖެ: ރައީސް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންއިރު ޤައުމު އޮތް ބިރުވެރި ހާލަތަށް ދައުރު ނިންމާލާއިރު ހެޔޮ ބަދަލު ގެނެސްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރައީސް...

ރިޔާސީ ނިޒާމު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
Raajje

ރިޔާސީ ނިޒާމު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށާއި، ނަމަވެސް ރާއްޖެއަށް އެންމެ...

ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް
News

ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ އަދަދެއްގެ ފަންނާނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ. ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ހުންނަ ސޯލްޓް އޮފީސްގެ އިމާރާތުގައި ރައީސް ސޯލިހް ވަނީ ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިއުޒީޝަނުންނާއި އާޓިސްޓުންނާއި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބަޔަކާ ބައްދަލު ކުރައްވައިފައެވެ. ރައީސަށް ތާއީދު ކުރި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަަމް އައްޒަ، ޝީލާ ނަޖީބު، ރަވީ […]

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ: ރައީސް ސާލިހު
Raajje

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ: ރައީސް ސާލިހު

އެއްވެސް ގައުމެެއްގެ ސިފައިން މިލިޓަރީ ކަމެއްގައި ރާއްޖޭގައި ނުތިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ އެމަނިކުފާނު މިހެން ވިދާޅުވީ ސަންގު ޓީވީ އިން މިހާރު ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައެވެ. މި ބަހުސްގައި ރައީސް ވިދާޅުވީ އެކިދުވަސްވަރު އެކި ގައުމުތަކުގެ ސިފައިން ރާއްޖެއަށް އަންނަނީ ތަފާތު އެކި އެކްސަސައިޒުތަކުގައި ކަމަށެވެ. އެގޮތުން އިންޑިއާ، އެމެރިކާ އަދި ޗައިނާގެ ސިފައިން ވެސް ރާއްޖެ އައިސް، […]

ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި
Raajje

ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ދިވެހި ރައްޔިތުންގެ (އެމްޑީޕީ) ގެ ރިޔާސީ ދެވަނަ ދައުރެއްގައި ސިނަމާލެ ބުރިޖަށް ދެ ލޭން އިތުރުކޮށްދިނުމަށް މެނިފެސްޓޯގައި ހިމަނައިފިއެވެ. އެކަމް ހާމަކުރީ ކާނިވާ ސަރަހައްދުގައި އެ ޕާޓީން ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. “އުފާވެރި މާލެ” ނަމުގައި އެ ޕާޓީ އާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭ ގެ އިސްވފަރާތްތަކާއި ގިނަބައެއް ބައިވެރިވި މި ޖަލްސާގައި ލޯންޗުކޮށްފައިވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް ހަމަޖެހުން ގެނައުމުގެ ސިޔާސަތެކެވެ. އަދި ކާރޫބާރު ކުޑަކޮށް ގިނަ މަޝްރޫއުތަކެއް […]

''ރަށެއްގެ އާބާދީ ކުޑަވުމަކީ ދަރިވަރުން ތަކުލީފުތަކެއް އުފުލަންޖެހޭ ސަބަބެއް ނޫން''
Raajje

''ރަށެއްގެ އާބާދީ ކުޑަވުމަކީ ދަރިވަރުން ތަކުލީފުތަކެއް އުފުލަންޖެހޭ ސަބަބެއް ނޫން''

ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި...

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި
Raajje

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯ...