އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ހަވާލުވެއްޖެ
އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ދެ ފަރާތަކާއި އިއްޔެ ހަވާލުކޮށްފި އެވެ. އިސްލާމީ މަރުކަޒު ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މިސްކިތްތައް އަޅަން ހަވާލުކޮށްފައި ވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާ އެވެ. މި ދެ ފަރާތުން ވެސް އެ ހުޅުމާލޭގައި މި ދެ މިސްކިތް ބިނާކޮށްދޭނީ އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އިއްޔެ ވަނީ މާލޭގެ ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް އެސްޖ...