މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,721 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހަނިމާދޫން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހދ. ހަނިމާދޫން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މި ހިނގާ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއްބަލައިފާސްކޮށް 38 އަހަރުގެ މީހަކާއި 42 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް […]

ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
Raajje

ޕީއެންސީ/ޕީޕީއެމް މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރައިމަރީގައި ވޯޓުލާން ފަށާފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި ވޯޓުލުން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ ހައްގު […]

އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި
International

އިސްރާއީލުން ހިންގާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓައިލުމަށް ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި

އިސްރާއީލުން ޣާއްޒާގަައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގްވާމީ އިންސާފާބެހޭ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ. އިސްރާއީލުން، ފަލަސްތީނުގެ ޣާއްޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށް، އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދޭން އަމުރުކޮށް ދިނުމަށް އެދި ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށ...

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް
Thiladhunmathi News

ވާދަވެރިކަމެއްނެތި ތަކަންދޫ ކައުންސިލް ގޮނޑި ޕީއެންސީ އަށް

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރަކު އިންތިޚާބު ކުރަން ބާއްވަން ނިންމި ބައި-އިލެކްޝަނަށް އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އެ ގޮނޑި އޭނާ އަށް ކަށަވަރުވެއްޖެއެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް އެކަމަށް ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ކުރިމަތިލީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އެރަށު ޑޭޒީމާގެ، ފަހީމާ މުހައްމަދު އެކަންޏެވެ. އެހެންކަމުން ތަކަންދޫ ކައުން...

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި
Raajje

ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފި

ގަވާއިދާއި ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ ދެ މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓުތަކެއްކަމެއް ވެސް އިތުރު ތަފްސީލެއް ވެސް އަދި  ނުދެއެވެ. ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަނ...

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 10 އިން ހަވީރު 5 އަށް
Raajje

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ހެނދުނު 10 އިން ހަވީރު 5 އަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މާދަމާ ބާއްވަން ނިންމާފައިވާއިރު އެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 10 އިން ހަވީރު 5 އަށް ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން މިއަދު ބުނީ މި ޕްރައިމަރީގައި އެ އިއްތިހާދުގެ ދެ ޕާޓީއަށް ނިސްބަތްވާ ޖުމްލަ 71،597 މެންބަރަކަށް ވޯޓުލުމުގެ […]

ބޭސްފަރުވާއަށް އެދި ހުށަހާ ކޭސްތަކަށް ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ
Raajje

ބޭސްފަރުވާއަށް އެދި ހުށަހާ ކޭސްތަކަށް ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ

ސަރުކާރުން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމު ބަލަހައްޓާ އާސަންދަ ކުންފުންޏަށާއި، ނެޝަނަލް ސޯސިއަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަށް ބޭސްފަރުވާ ކުރުމަށް އެދި ހުށައެޅުމުން އެކަމުގައި ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯންނަކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ އާއި އާސ...

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ޕީއެންސީ އަށް
Raajje

މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ޕީއެންސީ އަށް

މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. އެ ތިން ކައުންސިލަރުން ޕީއެންސީއާއި ގުޅިފައިވާކަން ޕްރޮގްރެސިވް އިއްތިހާދު)ގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަނީ ”އެކްސް”ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އެ ޕޯސްޓްގައި ބުނެފައިވާ ގޮތުން ޕީއެންސީ އާއި ގުޅުނު ތިން ކައުންސިލަރުން ނަކީ، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު އާއި މާފަންނު ހުޅަނގު އުތުރު ދާއިރާގެ […]

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި
Raajje

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ރާއްޖެއިން ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފިއެވެ. އެ މަސައްކަތުގެ އަދާހަމަކުރަމުން އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖެއާ ދެކޮޅަށް [...

ޒަކާތު ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފި
Raajje

ޒަކާތު ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓް މިއަދު ލޯންޗުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރްކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފްއެވެ. މި ވެބްސައިޓްގައި ވަނީ ޒަކާތު ހައުސް އާއި ގުޅޭ މައުލޫމާތުތައް ހިމަނާފައެވެ. ޒަކާތު ހައުސްގެ ވެބްސައިޓް: zakathouse.gov.mv ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރ...

ޕީއެންސީ/ޕީޕީއެމްގެ އިލްތިމާސަކީ ޕްރައިމަރީގައި ބަލިވާ މެންބަރުން މޮޅުވާ މެންބަރުންނާއެކު ތިބުން
Raajje

ޕީއެންސީ/ޕީޕީއެމްގެ އިލްތިމާސަކީ ޕްރައިމަރީގައި ބަލިވާ މެންބަރުން މޮޅުވާ މެންބަރުންނާއެކު ތިބުން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ބަލިވާ މެންބަރުން އެކުވެރިކަމާއެކު މޮޅުވާ މެންބަރުންނާއެކު ތިބުމަށް އެ އިއްތިހާދުން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވ...

ގާސިމް، ސިޔާމް އަދި ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީ/ޕީޕީއެމުން ވާދަނުކުރާން ނިންމައިފި
Raajje

ގާސިމް، ސިޔާމް އަދި ނާޒިމް ވާދަކުރައްވާ ދާއިރާތަކަށް ޕީއެންސީ/ޕީޕީއެމުން ވާދަނުކުރާން ނިންމައިފި

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ތިން ދާއިރާއަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު) އިން ވާދަނުކުރަން ނިންމައިފިއެވެ. އެ ތިން ދާއިރާ އަކީ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވާދަކުރައްވާ ދާއިރާ އާއި، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ...

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި
Raajje

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ސަލްޓަންޕާކުގައި

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ފޯރަމް އޮންނާނީ މިރޭ 20:30 ގައި މާލޭގެ ސަލްޓަންޕާކުގައެވެ. މި ފޯރަމް ބާއްވަން ނިންމާފައި ވަނީ ކޮންމެ ދެ މަހަކުން އެއް މަހުއެވެ. މި ފޯރަމްގައި ރައްޔިތުން ވަޒީރުންނާ ކުރަން ބޭނުން ކޮންމެ ސުވާލެއް ވެސް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ […]

ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް އަންނަ އާދީއްތާގައި
Parliament

ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް އަންނަ އާދީއްތާގައި

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މި ޖަލްސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުމުން ބާއްވާ ޖަލްސާއެކެވެ. ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހަޅީ 38 މެމްބަރުންގެ ސޮޔާ އެކު އެވެ. މިއީ މުޅިން ވެސް މި ދެ ޕާޓީގެ މެންބަރުންކަން އިނގިފަވެއެވެ. މި ޖަލްސާ ބާއްވަން ނިންމައި، ޖަލްސާ 28...