މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,724 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޣައްސާނަށް ރުހުން ދީފި
Parliament

ޣައްސާނަށް ރުހުން ދީފި

ދިފާޢީ ވަޒީރު މުހައްމަދު ޣައްސާނު މައުމޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ. ޣައްސާނުގެ ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ. މި ވޯޓުގައި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ޣައްސާނަށް ރުހުން ދޭން ބޭނުންވާ ވޯޓ...

ޑިމޮކްރެޓްސްގެ ޕްރައިމަރީ ހަތަރު ދާއިރާއެއްގައި
Raajje

ޑިމޮކްރެޓްސްގެ ޕްރައިމަރީ ހަތަރު ދާއިރާއެއްގައި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ހަތަރު ދާއިރާއެއްގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، އެ ދާއިރާތަކުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާ 5 ޖެނުއަރީ 2023 ގައެވެ. ދަ ޑިމޮކްރެޓްސް އިން މިއަދު  ބުނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ...

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް
Raajje

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް

ހއ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ. އިހަވަންދިއްޕޮޅުގައި “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަނީ، މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށެވެ. އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އ...

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި
Thiladhunmathi News

ހަނިމާދޫ އެއާޕޯޓުގެ އަައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު މިއަދު ބޭނުންކުރަން ފަށައިފިއެވެ. މި ބައި ބޭނުން ކުރަން ފަށަން ރަންވޭއަށް ފުރަތަމަ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު އެވެ. މިބައި ހުޅުވުމަށް ބޭއްވި ފުރަތަމަ ފްލައިޓްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ މޭޖިން ޑިރެކްޓަރު އަހްމަދު މުބީން އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ހަނިމާދޫ އަށް ވަޑައިގަތެވެ. މިބައި ބޭނުން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އާރުއޭސީއެލްގެ އެމްޑީ [...

މަޖިލީހުގެ ރައީސް އާއި ނައިބުގެ އިތުބާރުނެތްކަމަށް ހުށަހަޅައިފި
Raajje

މަޖިލީހުގެ ރައީސް އާއި ނައިބުގެ އިތުބާރުނެތްކަމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ނައިބު ރައީސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރުނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފިއެވެ. މި މައްސަލަ ވައްދާފައި ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްްތިހާދުން އިސްވެ އޮވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ބުނެ މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި މަޖިލީހުގެ ތޭވީސް މެންބަރަކު ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ޕ...

މަޖިލިސް ތެރެ ހޫނުވެ ބޮޑު މާރާމާރީއެއް
Parliament

މަޖިލިސް ތެރެ ހޫނުވެ ބޮޑު މާރާމާރީއެއް

މިއަދު ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހޫނުވެ އެންމެފަހުން މެންބަރުންގެ މެދުގައި ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލެން މެދުވެރިވީ އިދިކޮޅު އެމްޑީޕީންނާއި، ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. ވަޒީރުންނަށް ރުހުން ދިނުން މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް މަޖިލީހުގައި ނިޒާމް ގެއްލިފައި އޮތުމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. މަޖިލިސް ހުސްވަގުތު...

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ
Raajje

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަނީ

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ އިދިކޮޅު ދެ ޕާޓީން ނިންމުމުން މަޖިލިސްކުރާގޭ ދޮށުގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ. ބަންޑާރަނައިބު އަހްމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމާފައިވާއިރު، މަޖިލީހުގައި އެ ޕާޓީއާއި ބައިއަތު ހިފާފައިވާ ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ތިން ވަޒީރުންނަށް ރުހުން ނުދޭން ނިންމާފައެވެ. އެމްޑީޕީންނާއި ޑިމޮކްރެޓްސްއިން ރުހުން ނުދޭން ނިންމާފައިވާ ވަޒީރުންނަކީ، އިސްލާމީކަންތައްތަކާ ބެހޭ ވު...

އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި
Raajje

އޭޖީއާއެކު ތިން ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ނިންމައިފި

އެޓާނީ ޖެނަރަލް (އޭޖީ) އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިއަދު ނިންމައިފިއެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގެ އެޖެންޑާގައި އޮތީ ހިމަނާފައެވެ. ވަޒީރުންނަށް ރުހުން ދިނުމާގުޅޭގޮތުން މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނޭހެން ތިން ވަޒީރަކަށް ރުހުން ނުދޭން ތްރީ ލ...

މުހައްމާގެ މައްޗަށް ނަސީރު ކުރި ހޯދައި ޓިކެޓް ކަށަވަރުކޮށްފި
Raajje

މުހައްމާގެ މައްޗަށް ނަސީރު ކުރި ހޯދައި ޓިކެޓް ކަށަވަރުކޮށްފި

މިއަދު ކުރިއަށް ދިޔަ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި، އެ އިއްތިހާދުގެ ހއ. އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު ނަސީރު ކާމިޔާބުކޮށްފިއެވެ. ނަސީރު (ރަށްމެދުގެ/އިހަވަންދޫ) ޓިކެޓް ކަށަވަރުކުރީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މަޝްހޫރު ފިލްމީ ފަންނާނު، މުހައްމަދު އަބުދުﷲ (މުހައްމާ)، އުސްހަކުރުގެ/އިހަވަންދޫ) އަދި ހާޝިމް މުހައްމަދު، (ހަވީރީގެ/އިހަވަންދޫ)ގެ މައްޗަށް މިއަދުގެ ޕްރައިމަރީގައި ކުރި ހޯދައިގެންނެވެ. ހއ.ގެ އެހެން ދާއިރާތަކަށް ބަލާއިރު، ކެލ...

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
Raajje

ދޯންޏެއް އަޑިއަށް ގޮސް ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ދިޔުމުގެ ސަބަބުބް ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިހުން މިރޭ ބުނީ އަރިއަތޮޅާއި 19 މޭލު ބޭރުން ދަތުރުކުރަމުންދިޔަ ދޯންޏެއް މިއަދު އަޑިއަށް ގޮސްފައިވާ ކަމަށެވެ. އެ ދޯނި އަޑިއަށް ދިޔުމުން އޭގައި ތިބި ތިން މީހުން ކަނޑުވެފައިތިއްބާ އެ ސަރަހައްދުން ދަތުރުކުރި ފިއުލް ސަޕްލައިގެ އުޅަނދަކަށް އެމީހުން ފެނިގެން ވަނީ ސަލާމަތްކޮށްފައިކަމަށް މެރިން ޕޮލިހުން ބުނެއެވެ. އެ މީހުން ސަލާމަތްކޮށްގެން މިހާރު މާލެ ގެނެސްފައިވާއިރު، މި...

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
Raajje

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ޑޮކްޓަރަށް ދައްކަން މާލެ އައި މީހަކު ޚަބަރެއް ނުވެގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މިރޭ ބުނީ މާލެ އަށް ޑޮކްޓަރަށް ދައްކަން އައިސްހުރި މީހެއްގެ ޚަބަރެއް ނުވެގެން މިރޭ 20:50 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން އެމީހާ މާލޭގައި ހުންނަ ގެއަށް ފުލުހުން މިރޭ ވަނީ ގޮސްފައެވެ. އަދި އެމީހާ ހުންނަ ކޮޓަރިއަށް ފުލުހުން ވަދެ ބެލިއިރު އެމީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ. އެމީހާ އަކީ […]

ލަތީބެ، މުހައްމަދު، ފަރުހަތު، އެޑަމް އަދި ހަސަނާގެ އިތުރުން ބައެއް ބޭފުޅުން ޓިކެޓް ކަށަވަރުކޮށްފި
Raajje

ލަތީބެ، މުހައްމަދު، ފަރުހަތު، އެޑަމް އަދި ހަސަނާގެ އިތުރުން ބައެއް ބޭފުޅުން ޓިކެޓް ކަށަވަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ބާއްވާފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރި ބޮޑުތިލަދުންމަތީގެ ބައެއް ދާއިރާތަކަށް ވާދަކުރެއްވި ބައެއް ބޭފުޅުންނަށް ޓިކެޓް ކަށަވަރުވެއްޖެއެވެ. މިގޮތުން ހދ. ދިއްދޫ ދާއިރާގެ ޓިކެޓް ކަށަވަރުވެފައި ވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ)، ފުނަމާގެ/ހއ.ދިއްދޫ އަށެވެ. ލަތީބެއާ ވާދަކުރީ ހުސައިން ރަޝީދު، ދަފުތަރު:6629/މާލެ އެވެ. ހދ. ކުޅުދުއްފުށީ ސިޓީގެ ދެ ދާއިރާކުރެން ކުޅުދުއްފުށީ އުތުރު ދާއިރާ...

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް
Raajje

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ...

ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް
Raajje

ނަޝީދު އާ ޒަވާޖީހަޔާތެއް ފައްޓަވައިފިކަމުގެ އަޑުތަކެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ޒަވާޖީ ހަޔާތެއް ފައްޓަވާފައިވާކަމަށް އަޑުތައް ފެތުރިއްޖެއެވެ. ނަޝީދު އާ ކައިވެންޏެއް ކުރައްވާފައިވާކަމަށް މީސްމީޑިއާގެ އިތުރުން ބައެއް ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ. ނަޝީދު ކައިވެނި ބައްލަވައިގަތީ ދީނީ އިލްމުވެރިޔާ ޝައިހު ރުޝްދީއަށް ކާފަ ވިދާޅުވާ ޔުމްނާ ރުޝްދީ ކިޔާ ބޭފުޅަކާއި ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ މަގާމު ފުރުއްވި ނަޝީދުގެ އާ ކައިވެނި ހަފުލާ އޮތީ އަ...

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން
Business

މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން

ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމަށް އާމިނަތު ސޫޒަން މިއަދު ހަމަޖައްސައިފި އެވެ. ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ސޫޒަން އަކީ، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑް މެންބަރެވެ. މީގެ އިތުރުން އޭނާ އަކީ...