ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެއީ، ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ.

Ad
rt

އެ ޑިންގީ ބަންޑުން ޖަހާލައިގެން މިރޭ 22:23 ހާއިރު އެ އިދާރާއަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެހެންވެ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ޑިންގީގައި ތިބި ދެ މީހުން ކަނޑުވެފައިވާއިރު، އެ ދެމީހުން ފެނިގެން ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

''މި ދެމީހުންގެ ހާލުވެސް ރަނގަޅު، މި މީހުން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް ކަމުގެ މަޢުލޫމާތު މިރޭ 00:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައި.'' އެމްއެންޑީއެފުން ބުންޏެވެ.