މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު އިންޑޮނޭޝިއާއަށް M5.0 ގެ ބިންހެލުމެއް އަތުވެއްޖެ - 29 މިނިޓު ކުރިން

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,729 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު އާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް
Raajje

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރު އާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަންނަވާ ފޭސްބުކް ލައިވް ސެޝަނެއް ކުރިއަށް ގެންދަން އެ ވުޒާރާއިން ނިންމައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، އާންމުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެއްވުމަށް ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ ފޭސްބުކް ލައިވް ސެޝަނެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ސެޝަން ފަށަން ނިންމާފައި ވަނީ މިރޭ 8:30 ގައެވެ. އާންމުންގެ ސުވާލުތަކަށް […]

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ
Business

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެން ދިމާވީ ދިމާވި ޓެކްނިކަލް މައްސަލައަކުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި ކަމަށެވެ. މި މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ކުންފުނިންބުންޏެވެ. އެ ކުންފުނިން ވަނީ މިކަމާއިގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން
Raajje

ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އިސްލާހް ހިމަނައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. މި ބިލުގެ މަސައްކަތަށް މަޖިލީހުން ނަގާފައިވާ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި އިސްލާޙް ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް […]

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް
Parliament

ސީއެސްސީއަށް މެންބަރެއް ޢައްޔަނު ކުރުމަށް ތިން ނަމެއް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެންބަރު ކަމަށް މެންބަރަކު އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. ސީއެސްސީގެ މެންބަރުކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުން ތެރެއިން ތިންް ނަމެއް ރައީސް މަޖިލީހަށް ފޮނުއްވިއިރު، މި ބޭފުޅުންގެ ނަންތައް ހިމެނޭ ސިޓީ މިއަދު މަޖިލީހުގެ ޖަލްސާގައި އިއްވުމަށްފަހު، މިނަންތައް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ. ސީއ...

''އަމާޒަކީ މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށުން''
Raajje

''އަމާޒަކީ މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށުން''

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މިއަހަރު އިތުރު 20 ރިސޯޓު އޮޕަރޭޓް ކުރަން ފެށޭވަރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކަމަށެވެ....

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ
Raajje

ރީ-ރަޖިސްޓަރީވުމުގެ މުއްދަތު މިއަދު ހަމަވާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާަން ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަން ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި މުއްދަތު މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ. މަޖިލިސް އިންތިޚާބުގެ ރީ-ރަޖިސްޓަރީ ވުމުގެ މުއްދަތު މިއަދު ހަމަވާކަން ހަނދާންކޮށްދީ އީސީން ބުނެފައި ވަނީ ދެން މި މުއްދަތު އިތުރު ނުކުރަން ނިންމާފައިވާކަމަށެވެ. މި އިންތިޚާބުގައި އޮންލައިންކޮށް ވެސް ރީ-ރަޖިސްޓަރީ ވެވެއެވެ. ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގަ...

ޒަކާތު ހައުސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަނީ، މުސާރަ އާއި އިނާޔަތްތަކަށް 43،500ރ.
Raajje

ޒަކާތު ހައުސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަނީ، މުސާރަ އާއި އިނާޔަތްތަކަށް 43،500ރ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ޒަކާތު ހައުސްއިން ”ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު”ގެ މަޤާމަށް ހޯދަން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން މި ޒީފާއަށް ފުރަތަމަ މީހަކު ހަމަޖައްސަން ނިންމާފައި ވަނީ އެއް އަހަރާއި 11 މަހައްށެވެ. މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ. މި މަޤާމަށް ކުރިމަތިލާ މ...

''އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ލިބޭގޮތް ވުމަކީ ކައުންސިލްތަކަށް އޮތް ރަނުގެ ފުރުޞަތެއް''
Raajje

''އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ލިބޭގޮތް ވުމަކީ ކައުންސިލްތަކަށް އޮތް ރަނުގެ ފުރުޞަތެއް''

ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ލިބޭގޮތަށް ސަރުކާރުން ހަމަޖެއްސުމަކީ ކައުންސިލްތަކަށް ލިބިގެންދާ ރަނުގެ ވަރަށްބޮޑު ފުރުޞަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، އަމިއްލަ ފަރުދުންނާއި، ކުދިކުދި ވިޔަފާރިތަކ...

''ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ވަނީ ބަލައިގެންފައި''
Raajje

''ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ވަނީ ބަލައިގެންފައި''

ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމުގެ ހައްލަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަންކަން ކަމަށާއި، އެކަންކަން ބައިނަލްއަޤްވާމީ އިދާރާތަކުން ވެސް ބަލައިގަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް މިއަދު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީ ސަރުކާރުން މި ސަރުކާރަށް ނަޤުލުވީ ދެރަ...

ވާނުވާ ބަންދު އުވާލަން ސަރުކާރުން އުޅޭތީ ޕީޖީން މަރުހަބާ ކިޔައިފި
Raajje

ވާނުވާ ބަންދު އުވާލަން ސަރުކާރުން އުޅޭތީ ޕީޖީން މަރުހަބާ ކިޔައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓާ މުއްދަތު ދިގުލައިގެން ދިޔުމުގެ މައްސަލަ ނުވަތަ “ވާނުުވާ” ބަންދުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާތީ އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަރުހަބާ ކިޔައިފި އެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ މައްސަލަ ނިމުމަކަށް ގެނައުމަށް ޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށެވެ. ޕީޖީ އޮފީހުގެ “ހަބަރުފީތާ” ވެބްޕޭޖުގައި ޝާއިއުކޮށްފައި...

ގުރައިދޫގައި މިއަހަރު އެއާޕޯޓު އަޅަން ފަށާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
Raajje

ގުރައިދޫގައި މިއަހަރު އެއާޕޯޓު އަޅަން ފަށާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ކޮޅުމަޑުލު (ތ. އަތޮޅު) ގުރައިދޫގައި މިއަހަރު އެއާޕޯޓު އަޅަން ފަށާނެކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިއަދު ކޮޅުމަޑުލުގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އާ ސަރުކާރުން މި އަހަރަށް ބަޖެޓް ހުށަހެޅިއިރުގައި، ނިމުނު ސަރުކާރުން އިންތިޤާލީ މަރުޙަލާގައި ދިނީ ކުޑަކުޑަ ވަގުތުކޮޅެއް ކަމަށެވެ. އެހެން ނަމަވެސް، އެ ވަގުތުކޮޅުގެ ތެރޭގައި އާ ސަރުކ...

ރައީސް ތ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ގުރައިދޫ
Raajje

ރައީސް ތ.އަތޮޅަށް، ފުރަތަމަ މަންޒިލަކީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ގުރައިދޫ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް (ތ. އަތޮޅަށް) ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުން ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫ އަށެވެ. އެއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އެންމެ މަތީ އިންސައްތައަކުން ވޯޓު ލިބިވަޑައިގަތް ރަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ގުރައިދޫން ރައީސަށް 65.68 އިންސައްތަ (555 ވޯޓު) އަދި ދެވަނަ ބުރުގައި 74.05 އިންސައްތަ (625 ވޯޓު) ލިބިވަޑައިގަތެވެ. ރައީސް ވަނީ، އެމަނިކުފާނު ރައީސްކަމުގެ މަ...

ޖާބިރު އަތުން ޓިކެޓް އަތުލައި އެމްޑީޕީން ވަކިކޮށްފި
Raajje

ޖާބިރު އަތުން ޓިކެޓް އަތުލައި އެމްޑީޕީން ވަކިކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައިވާ، މިހާރުގެ ވެސް އެދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރަށް ލިބިފައިވާ އެ ޕާޓީގެ ޓިކެޓް އަތުލައި، އޭނާ ޕާޓީން ވަކިކޮށްފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްޑީޕީން ބުނިގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބުގައި، އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި، އެ ޕާޓީގެ ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރި، އަބްދުﷲ ޖާބ...

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ
Raajje

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަން ހާމަކުރައްވައި، ސަރުކާރު ހިންގުމާ ޙަވާލުވެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާކަ...

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި
Raajje

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި

ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައ...